logo
Bank of Maldives

Bank of Maldives

World

އެމެރިކާ ފަހަތަށްޖެހި ޔަމަނަށް ބޮން އެޅުން ހުއްޓާލައިފި

އެމެރިކާ ފަހަތަށްޖެހި ޔަމަނަށް ބޮން އެޅުން ހުއްޓާލައިފި

ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން ނައްތައިލުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ޔަމަންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުން ދިޔަ ނިރުބަވެރި ޙަމަލާތައް މެދުކަނޑައިލައިފިއެވެ.

ޙޫޘީން ނައްތައިލުމުގެ ނަމުގައި ޔަމަންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުން ދިޔަ ޙަމަލާތައް ވަނީ މެދުކަނޑައިލާފައެވެ. އަދި، އޭގެ ބަދަލުގައި، ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ޙޫޘީން އެއްބަސްވެފައިވާ ކަން އޮމާނުން ހާމަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އެޅުން ހުއްޓައިލާފައި މި ވަނީ، ޙޫޘީން ބަލި ކުރުމުގެ ނަމުގައި ފަށާފައިވާ އަސްކަރީ ކެމްޕޭން ފޭލުވުމުންނެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެން ޙޫޘީން ފަހަތަށް ޖެއްސުމަށް ހިންގި ކެމްޕޭން ނާކާމިޔާބުވުމުންނެވެ.

ޙޫޘީން ބަލިކުރުމަށް އެމެރިކާ ނުކުޅެދުމަކީ އެމެރިކާގެ ރައީސް ޓްރަމްޕަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.

ދުނިޔޭގައި މި ވަގުތު ބޭނުން ކުރާ އެންމެ ނުރައްކާތެރި އަދި އެންމެ ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެން ޙޫޘީ ޖަމާޢަތް ފަހަތަށް ޖެއްސުމަށް އެމެރިކާ ނުކުޅެދުމަކީ ޓްރަމްޕަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ބޮޑު ފޭލުވުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

މޭ 4ވަނަ ދުވަހު ވެސް ޙޫޘީން ވަނީ ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރުގައި އޮތް ސަރަޙައްދަކަށް ނުރައްކާތެރި ޙަމަލާއެއް ދީފައެވެ. އެ ޙަމަލާ އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ މައި ވައިގެ ބަނދަރު، ބެން ގޫރިޔޮން ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށެވެ. އެ ޙަމަލާއާ ގުޅިގެން ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ. އަދި، އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ބޮޑެތި އެއަރލައިންތަކުން ވަނީ ތެލް އަވީވަށް ދަތުރު ކުރުން މެދުކަނޑައިލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 2 ދުވަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | 8 ދުވަސް ކުރިންއީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ނިމިއްޖެ": ޓްރަމްޕްދުނިޔެ | މަހެއް ކުރިންކައި ޓްރަމްޕްގެ ފޮޓޯތަކާއެކު، ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއްދުނިޔެ | މަހެއް ކުރިން