ތޯރިގް އެމްޑީޕީއަށް: މިއީ ރާއްޖޭގެ ހާލަތު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަންވީ ވަގުތެއް ނޫން

7 މޭ 2025 - 08:19

މިވަގުތަކީ މިއީ ރާއްޖޭގެ ހާލަތު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަންވީ ވަގުތެއް ނޫންކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތޯރިގް މި ވާހަކަ ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު އަލުން ނުތަނަވަސްކަން އުފެދި ހަނގުރާމަ ފަށާފައިވާ ދަނޑިވަޅެއްގައި އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ހާލަތު ހަލަބޮލިކޮށްލަން މަސައްކަތްކުރަމުން އަންނާތީއެވެ.

Ad by Hajj Corporation
ތޯރިގް ވިދާޅުވިގޮތުގައ، ރާއްޖެއާއި އެންމެ ކައިރީގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ދެމެދު އަނެއްކާވެސް ނުތަނަވަސްކަން އުފެދި ހަނގުރާމައެއްގެ މަލަމަތި ފެންނަން ފަށާފައިވާއިރު އޭގެ އެންމެ ބޮޑު އަސަރެއް ކުރާނެ ބަޔަކީ ދިވެހިންއެވެ. އަދި މި ހާލަތުގައި ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ އެތައް ބާވަތެއް ރާއްޖެއަށް ގެނައުމާއި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އިންޑިއާގައި މިވަގުތު ދިރިއުޅެމުންދާތީ، އެކަމާމެދު ދިވެހި ސަރުކާރުން ވިސްނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެއަށް އިންޑިއާއާއި ޕާކިސްތާން ސުލްހަ ކުރުމަށް ކިރިޔާވެސް މަސައްކަތެއް ކުރެވެން އޮތް ނަމަ އެ ދައުރު އަދާކުރަން ޖެހޭ" ތޯރިގް ވިދާޅުވެފަވެއެވެ.
ތޯރިގް ހަނގުރާމަ ފެށިއްޖެނަމަ، ވަގުތީ ގޮތުން ނަމަވެސް، އެ ގައުމުތަކުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ބަލައި ކާބޯތަކެތި އެކްސްޕޯޓު ކުރުން ހުއްޓާލުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަކުރައްވާފައެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ތޯރިގް ގޮވާލެއްވީ، އެންމެ ކައިރީގައި އޮތް ދެ ގައުމުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ މަސްރަހަށް ގެއްލުންވާނެ އެއްވެސް ހަރަކާތެއް ނުހިންގުމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ނިކުމެ އަނެއްކާވެސް ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރަނީ މޯލްޑޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ޕްރޮޖެކްޓާއި ގުޅުވައިގެން ކަމަށެވެ.
ތޯރިގްގެ މި ބަސްފުޅުތަކުން ދޭހަވަނީ މިފަދަ ނާޒުކު ވަގުތެއްގައި ސަރުކާރާއި މަޖިލީހުން މަޝްވަރާކޮށް، ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ރައްކާތެރިކަމަށް އަސަރުކޮށްފާނެ ކަންކަ