logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބަންޑާރަ ކަޕް މިއަދު ފަށަނީ

އަބްދުﷲ ޣާނިމް
8 މޭ 2025 - 05:02
މިދިޔަ އަހަރުގެ އަންހެން އަދި ފިރިހެން ޗެންޕިއަން ޓީމު. ފޮޓޯ: ސަރުކާރު
މިދިޔަ އަހަރުގެ އަންހެން އަދި ފިރިހެން ޗެންޕިއަން ޓީމު. ފޮޓޯ: ސަރުކާރު

ބަންޑާރަނައިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ބަންޑާރަ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ 'ބަންޑާރަ ކަޕް' ގެ 4 ވަނަ އެޑިޝަން މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 8 އިން 17 އަށް ކުރިއަށްދާ މި މުބާރާތުގައި ފިރިހެން ޑިވިޜަނުގައި 13 ޓީމާއި، އަންހެން ޑިވިޜަނުގައި 11 ޓީމު ވާދަކުރާއިރު، މެޗުތައް ކުރިއަށްދާނީ ހެންވޭރު ބޯޅަ ދަނޑުގައި ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ގްރޫޕް އޭ ގައި ހިމެނެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ކްލަބް 220'، ސިވިލް ކޯޓުގެ 'ކްލަބް ސީ.ވީ.ސީ.'، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 'އޭ.ޖީ.އޯ.އާރު.ސީ.' އަދި ޕްރައިވެޓް ބަރގެ ވަކީލުންގެ 'ޓީމް ސޫޖީ' އެވެ. ގްރޫޕް ބީ ގައި ކްރިމިނަލް ކޯޓުގެ 'ޓީމް ސީ.އާރު.ސީ.'، 'ޓީމް ކްލެޕް'، 'މީރާ އާރު.ސީ.' އަދި 'ޕެންޝަން އާރު.ސީ.' ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިރިހެން ޑިވިޜަނުގެ ގްރޫޕް ސީ ގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ޑްރަގް ކޯޓުގެ 'ޓީމް ޑީ.ސީ.'، 'ބަންޑާރަ ކްލަބް'، 'އޭ.ސީ.ސީ.އާރު.ސީ.'، 'އެޗް.އާރު.އާރު.ސީ.' އަދި ރައްޔިތުންގެ މަޖިލީހުގެ 'ޕެމާ' އެވެ. އަންހެން ޑިވިޜަނުގެ ގްރޫޕް އޭ ގައި ޖޭ.އެސް.ސީ.، 'ޓީމް ވީ.ޓީ.އާރު-ޑީ.ސީ.' އަދި 'އޭ.ސީ.ސީ.އާރު.ސީ.' ހިމެނެއެވެ.

އަންހެން ޑިވިޜަނުގެ ގްރޫޕް އޭ ގައި ހިމެނެނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 'ކްލަބް ޖޭ.އެސް.ސީ.' އާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ޑްރަގް ކޯޓަށް ނިސްބަތްވާ 'ޓީމް ވީ.ޓީ.އާރު-ޑީ.ސީ.' އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 'އޭ.ސީ.ސީ.އާރު.ސީ.' ހިމެނޭއިރު، ގްރޫޕް ބީ ގައި 'ކްލަބް 220'، 'ކްލަބް ސީ.ވީ.ސީ.'، 'އެޗް.އާރު.އާރު.ސީ.' އަދި 'މީރާ އާރު.ސީ.' ހިމެނޭއިރު، ގްރޫޕް ސީ ގައި އެންމެފަހުގެ ޗެމްޕިއަން 'ޓީމް ސީ.އާރު.ސީ.'، 'ޓީމް ކްލެޕް'، 'ޕީ.އޯ.އެސް.ސީ.' އަދި ބަންޑާރަ ކްލަބް ހިމެނެއެވެ.

2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ މުއައްސަސާތަކާއި ޤާނޫނީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާޙައުލެއްގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންމަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 2 މަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 2 މަސް ކުރިން