logo
Bank of Maldives

Bank of Maldives

ޚަބަރު

ޔުމްނު ވެއްޓުނު މައްސަލާގައި މައުލޫމާތު އެއްކުރަން ހާއްސަ ޕޯޓަލް ހުޅުވާލައިފި

ޔުމްނު ވެއްޓުނު މައްސަލާގައި މައުލޫމާތު އެއްކުރަން ހާއްސަ ޕޯޓަލް ހުޅުވާލައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުުމުގެ ގޮތުން އެކަމަށް ޙާއްޞަ ޕޯޓަލްއެއް ހުޅުވާލައިފިއެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤު ކުރުމަށް ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަނުން  ޕޯޓަލް ހުޅުވާލަފައި ވަނީ މިއަދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކޮމިޝަނުން ބުނީ 18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ޙިއްސާކުރަން ބޭނުންނަމަ ނުވަތަ މި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންވާނަމަ މި ޕޯޓަލް މެދުވެރިކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮމިޝަނުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ތަހުޤީޤާއި ގުޅޭ އެކި ފަރާތްތަކާއި ބައްދަލުކޮށް އިންޓަވިއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތެވެ.

އިންކުއަރީ ކޮމިޝަންގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވީ، މި ޕޯޓަލް ތައްޔާރު ކޮށްފައިވަނީ ސުވާލުވެސް ކުރެވޭ ގޮތަށް ކަމަށާއި ތަޙުޤީޤު ކުރިއަށްދާ ގޮތުގެ އަދާހަމަވެސް މި ޕޯޓަލްގެ ތެރެއިން ލިބޭނެ އިންތިޒާމު ލިބޭނެ ކަމަށެވެ.

ޑރ މުނައްވަރު މީގެ ކުރިން ވިދާޅުވީ މި ހާދިސާގައި ޖިނާއީ ކުށެއް ކުރެވުނުކަމުގެ ތުހުމަތުގައި ކުރެވޭ ތަހުގީގަކަށް ވާތީ ބައެއް މައުލޫމާތުތައް ތަޙުޤީޤު ފުރިހަމަވުމުން ހާމަކުރެވޭ ކަހަލަ މައުލޫމާތު ހުރެދާނެ ކަމަށް ރިއާޔަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެފަދަ މައުލޫމާތެއް ނެތްނަމަ އެ ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި ކުރެވޭ މަސައްކަތްތައް ހާމަކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

18 ވަނަ ދުވަހު ހިނގި މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުގައި ޖުމްލަ ފަސް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.

މި ކޮމިޝަނަށް ވަނީ ފުޅާ ދާއިރާއެއްގައި ބާރުތަކާއި އިމްތިޔާޒުތައް ދެއްވާފައެވެ. މީގެ ތެރޭގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ހިމެނެއެވެ. އަދި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވެއެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. މި ހާދިސާއާ ގުޅިގެން، ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ބެލެވޭ ގ. އެރިޔަދޫ، ރައުދު އަޙްމަދު ޒިލާލް ވަނީ ހައްޔަރުކޮށް، އޭނާގެ ބަންދު ފަސް ޖަހާފައެވެ. މީގެ އިތުރުން، ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އުޅުނު އިތުރު 8 މީހެއްގެ ފޯނު ހިފަހައްޓައި، އެ ފަރާތްތަކުގެ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ހެއްވާލައި 123 ރަށެއްގައި އެއް ފަހަރާ 2.7 ބިލިއަން ރުފިޔާގެ 216 މަޝްރޫޢުރިޕޯޓް | 19 ގަޑިއިރު ކުރިންޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް، ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | 2 ދުވަސް ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | 2 ދުވަސް ކުރިން