logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

މި މަހު 17 ގައި މުލީ އެއާޕޯޓަށް ދަތުރުތައް ފަށަނީ

މ. މުލި އެއާޕޯޓް
މ. މުލި އެއާޕޯޓް

މި މަހުގެ 17 ގައި މ. މުލީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފިއެވެ.

މ. މުލީ އެއާޕޯޓަށް މިމަހުގެ 15 އިން ފެށިގެން ކޮމާޝަލް ދަތުރުތައް ބޭއްވޭގޮތަށް އެއާލައިންތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެއާއެކު އެކަމާ ގުޅޭ މައުލޫމާތު މޯލްޑިވިއަން، ވިލާ އެއާ އަދި މަންޓާ އެއާ އަށް ވަނީ ޙިއްސާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މޯލްޑިވިއަން އިން އިއްޔެ ސޯޝަލް މީޑިޔާކުރި ޕޯސްޓެއްގައި ވަނީ މ. މުލީ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. މުއްޔަށް އެއްކޮޅު ދަތުރެއްގެ އަގު އުޅެނީ 1،377 ރުފިޔާ އަށެވެ.

 

މ. މުލީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، އެ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ އެއާޕޯޓުގެ ރަސްމީ ހުރިހާ މަސައްކަތެއް މި މަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރެގިއުލޭޓަރީ ގޮތުން އެ އެއާޕޯޓަށް އަޅަންޖެހޭ ޓެސްޓު ފްލައިޓް ވެސް މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ވަނީ އަޅާފައެވެ. މި އެއާޕޯޓަކީ 2021 ވަނަ އަހަރު، އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަން ފެށި އެއާޕޯޓެކެވެ. މި އެއާޕޯޓުގައި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް އޮންނައިރު، މުޅި މަޝްރޫއަށް ހަރަދުކޮށްފައިވަނީ 221 މިލިއަން ރުފިޔާ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފިޚަބަރު | 3 މަސް ކުރިންހަނިމާދޫގައި ފަސިންޖަރުން އުފުލާ ބަސް ސްޓޭންޑްބައިގައި އޮތް، މަސައްކަތް ކުރަނީ ދަތުރުވެރިންގެ ފަސޭހައަށް: މުބީންޚަބަރު | 5 މަސް ކުރިންމުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފިޚަބަރު | 5 މަސް ކުރިންހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެޚަބަރު | 6 މަސް ކުރިން