logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

މުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފި

މުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ

މޯލްޑިވިއަންއިން މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާ އިރު މި ޚިދުމަތް ފުރަތަމަ ފަށާއިރު، ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު މުއްޔަށް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެ ފުރަތަމަ ދަތުރު މާލެއިން ފުރީ މެންދުރުފަހު 3:30 ގައެވެ. އަދި މުލިން މާލެއަށް އެނބުރި ދަތުރުކުރީ ހަވީރު 4:45 ގައެވެ.

ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބަލައި، ކުރިއަށް އޮތް ތަނުގައި ޝެޑިއުލް ދަތުރުތައް އިތުރުކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އެހެން އެއަރލައިންތަކަށްވެސް މުލީ އެއަރޕޯޓަށް ދަށް ދަތުރުތައް ކުރުމުގެ ފުރުސަތު ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ހުޅުވާލާފައެވެ. މުލީ އެއަރޕޯޓަށް ދަތުރުކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ޝަޢުގުވެރިކަން ފާޅުކުރީ މޯލްޑިވިއަންއިން އެކަނިކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ބުނެފައެވެ.

މުލީ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ޚާއްސަކުރެވިފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓު ހެދުމަށްޓަކައި 36 ހެކްޓަރުގެ ބިން ހިއްކާ، 1500 މީޓަރުގެ ރަންވޭއެއް ވަނީ ހަދާފައެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މުލީ އެއަރޕޯޓުގައި 40 އެއްހާ މުވައްޒަފުން މަސައްކަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މި އެއަރޕޯޓުގެ ޓެސްޓް ފްލައިޓް ބޭއްވުނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މޫހައްމަދު މުއިއްޒު، މުލީ އެރަޕޯޓް ރަސްމީކޮށް ކުޅުވައިދެއްވީ ، މިމަހުގެ 20 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފިޚަބަރު | 5 މަސް ކުރިންމި މަހު 17 ގައި މުލީ އެއާޕޯޓަށް ދަތުރުތައް ފަށަނީޚަބަރު | 6 މަސް ކުރިންއަންނަ މަހު 1 ގައި މުލީ އެއާރޕޯޓް ހުޅުވަނީ ޚަބަރު | 6 މަސް ކުރިންމުލީ އެއާޕޯޓުގެ މަސައްކަތް މިސަރުކާރުން ނިންމާލީ ރައީސް މި މަސައްކަތަށް ދެއްވި ސަމާލުކަމުން- މުބީންޚަބަރު | 6 މަސް ކުރިން