logo
ކުޅިވަރު

އެލް ކްލެސިކޯގެ ކުރިން ރެއާލް އިން ރެފްރީންގެ ވާހަކަ ދައްކައި ބޮޑާހަކަން ފަށައިފި

އަބްދުﷲ ޣާނިމް
10 މޭ 2025 - 11:46
އެލް ކްލ؛ެސިކޯ ރެފްރީ އަލެހާންޑްރޯ ހެނާންޑެޒް
އެލް ކްލ؛ެސިކޯ ރެފްރީ އަލެހާންޑްރޯ ހެނާންޑެޒް

ރިއަލް މެޑްރިޑް ޓީވީން އަނެއްކާވެސް ކުރިއަށް އޮތް އެލް ކްލެސިކޯގައި ރެފްރީކަން ކުރުމަށް ހަމަޖެހިފައިވާ އަލެހާންޑްރޯ ހެނާންޑެޒް ހެނާންޑެޒްގެ ވާހަކަ ދައްކައި، ރެއާލް މެޗުތަކުގައި އޭނާގެ ރެފްރީކަމުގެ ތަހަދާފައިވާ ގޯސްތަކުގެ ވީޑިއޯއެއް ހަދައި ރެފްރީންނަށް ބިރުދައްކަން ފަށައިފިއެވެ.

ކްލަބުގެ ޓީވީ ޗެނަލުން ދައްކާފައިވާ ވީޑިއޯއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ހެނާންޑެޒް ރެފްރީކަން ކުރި 10 މެޗުން ރިއަލް މެޑްރިޑަށް ކާމިޔާބުކުރެވިފައިވަނީ އެންމެ 54 އިންސައްތަ މެޗެވެ. އަދި އެންމެ ފަހުގެ 6 މެޗުން ކާމިޔާބުކުރެވިފައިވަނީ އެންމެ 2 މެޗެވެ. މިއީ ތަފާސްހިސާބުގެ ތެރެއިން ދައްކާލުމުގެ ބަދަލުގައި، އެލް ކްލެސިކޯގެ ކުރިން ރެފްރީގެ ވަކިފަރާތަކަށް ޖެހުމުގެ ވާހަކަ ދެއްކުމަށް ކުރެވޭ މަސައްކަތެއްކަމަށް ފާހަގަކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން މިފަދަ ބްރޯޑްކާސްޓްތަކުގެ ސަބަބުން ނިމިދިޔަ ކްލެސިކޯގެ ރެފްރީ ޑެ ބަރގޯސްގެ ދަރިފުޅަށް ސްކޫލުގައި ބުލީކުރުމުގެ ސަބަބުން ސަބަބުން ކުއްޖާ ރޮއިފައިވާކަން ރެފްރީވަނީ ބުނެފައެވެ. އަދި މިއަދާ ހަމައަށްވެސް މިފަދަ ކަންކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރިއަލް މެޑްރިޑް ޓީވީން ވީޑިއޯގައި ފާހަގަކޮށްފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ މެޗަކީ ހެނާންޑެޒް ރެފްރީކަން ކުރާ ފަސްވަނަ އެލް ކްލެސިކޯއެވެ. އަދި ކުރީގެ ހަތަރު މެޗުގައިވެސް އޭނާ "ބޮޑެތި ކުށްތަކެއް" ކޮށްފައިވާ ކަމަށާއި "ހައިރާންވާފަދަ ނިންމުންތަކެއް" ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވީޑިއޯގައި ވީއޭއާރު އޮފިޝަލް ޖުއާން މާޓީނެޒް މުނުއެރާއަށްވެސް އަމާޒުކޮށް ފާޑުކިޔާފައިވެއެވެ. އަދި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ވިނީސިއަސް ޖޫނިއަރއަށް ނަސްލީ ގޮތުން ފާޑުކިޔާފައިވާ މައްސަލަ މެޗު ރިޕޯޓުގައި ހިމަނާފައި ނުވާތީ، އެކަން ރިޕޯޓުކޮށްފައިވާކަންވެސް ހަނދާންކޮށްދީފައިވެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | ދުވަހެއް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 3 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 6 ދުވަސް ކުރިންރެއާލްގެ އެނބުރިއައުން މާބޮޑު ތަފާތެއް ނުފެނޭ، ޕެނަލްޓީއަކުން ތިން ޕޮއިންޓްކުޅިވަރު | 12 ދުވަސް ކުރިން