logo
MPL

MPL

ކުޅިވަރު

ރެލިގޭޓުވެފައި އޮތް ސައުތްހެމްޓަން އަތުން ސިޓީއަށް މޮޅެއް ނުވެވުނު

އަބްދުﷲ ޣާނިމް
11 މޭ 2025 - 05:28
މެޗަށްފަހު ގުއާޑިއޯލާ. ފޮޓޯ: މެންޗެސްޓަރ ސިޓީ
މެޗަށްފަހު ގުއާޑިއޯލާ. ފޮޓޯ: މެންޗެސްޓަރ ސިޓީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ރެލިގޭޓްވެފައި އޮތް ސައުތުހެމްޓަން ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. ލީގުގެ ފުލުގައި އޮވެ، ޗެމްޕިއަންޝިޕަށް ރެލިގޭޓުވެފައިވާ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމަށް ވަނީ އެއް ޕޮއިންޓް ހޯދާފައެވެ.

މި މެޗާ ހަމައަށް ސައުތުހެމްޓަންއަށް ލިބިފައިވާ 11 ޕޮއިންޓަކީ ޕްރިމިއަރ ލީގުގެ ތާރީޚުގައިވެސް އެ ޓީމަށް ލިބިފައިވާ އެންމެ ދަށް އަދަދުގެ ޕޮއިންޓެވެ. މި މެޗު އެއްވަރުވުމާއެކު އެ ޓީމުގެ ޕޮއިންޓް ވަނީ 12 އަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގައި ސިޓީއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ޑިފެންސަށް އިސްކަންދީގެން ކުޅުނު ސައުތުހެމްޓަންގެ ގޯލަށް ލަނޑެއް ޖެހޭގޮތް ނުވިއެވެ. މުޅި މެޗުގައި ސިޓީން ވަނީ 25 ހަމަލާ އުފައްދާފައެވެ.

މި މެޗު އެއްވަރުވުމާއެކު 36 މެޗުން 65 ޕޮއިންޓް ހޯދާފައިވާ ސިޓީ އޮތީ ތާވަލުގެ ތިންވަނައިގައެވެ. މި މެޗުން މޮޅުވެވުނު ނަމަ، ދެވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވުމުގެ ފުރުސަތު އޮތް ނަމަވެސް، މި ނަތީޖާއާއެކު ގަދަ ފަހެއްގެ ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ސިޓީގެ ސްޓްރައިކަރު އާލިން ހާލަންޑް މި މެޗުގައި ވަނީ ބައިވެރިވެފައެވެ. ސައުތުހެމްޓަން ވަނީ މިދިޔަ އެޕްރީލް މަހު ޕްރިމިއަރ ލީގުން ރެލިގޭޓުވެ، އެ ޓީމުގެ ކޯޗު އިވާން ޖުރިޗް މަޤާމުން ވަކިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސިޓީއިން ވަގަށް އެއްބިލިޔަނާ ގާތަށް ކުލަބަށް އާމްދަނީ ވައްދައި ޚަރަދުކޮށްފައިވާކަން ޕްރީމިއަރ ލީގުން ރަސްމީކޮށް ހާމަކޮށްފިކުޅިވަރު | 7 ދުވަސް ކުރިންމާމޫޝް އަދި ސަވީނިއޯ 150 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ވިއްކާލަން ސިޓީ ތައްޔާރުވެއްޖެކުޅިވަރު | 2 މަސް ކުރިންޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީކުޅިވަރު | 5 މަސް ކުރިންއާސެނަލްގެ ސަޕޯޓަރުންނަށް ތައްޔާރުކުރި ހިތިފަތުފެން ސިޓީގެ ސަޕޯޓަރުން ބޮއެފިކުޅިވަރު | 5 މަސް ކުރިން