ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް
11 މޭ 2025 - 05:56

ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން. ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަންމައިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
އެގޮތުން ރައީސް ވިދާޅުވީ، މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ އާއި މައިވަންތަކަމުގެ ލޯބި ކަމަށެވެ. އަދި ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ވެސް މޭއި މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މަންމައިންގެ ދުވަހުގެ ގޮތުގައެވެ.


