logo
E-Platinum
ކުޅިވަރު

މޮރީނިއޯ މިހާރު ފުރަތަމަ 11 ކަނޑައަޅަނީ ގުރުލައިގެން

އަބްދުﷲ ޣާނިމް
11 މޭ 2025 - 07:48
ޖޯސޭ މޮރީނިއޯ
ޖޯސޭ މޮރީނިއޯ

ފެނަބަހްޗޭގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ އޭނާ ޓީމުގެ ފުރަތަމަ 11 ގިނައިން ބަދަލުކުރާ ސަބަބާމެދު ކުރެވުނު ސުވާލަށް، އޭނާގެ ވަކި ޚާއްސަ ސްޓައިލުގައި މަޖާ ޖަވާބެއް ދީފައެވެ.

ޕޯޗުގީޒް ކޯޗު މިފަދަ ޖަވާބެއް ދިނީ އިސްތަންބުލް ބަޝަކްޝެހިރް އާ ދެކޮޅަށް ކުޅުނު މެޗުން 4-1 އިން މޮޅުވުމަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ގަލަޓަސަރާއި އާއި ދެމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ މޮރީނިއޯ ވަނީ ފަހަކަށް އައިސް ޓީމުގެ އެކި ކުޅުންތެރިންނަށް ފުރަތަމަ 11 ގައި ފުރުސަތު ދެމުން ގެންގޮސްފައެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަމުން މޮރީނިއޯ ބުނީ ހަފްތާ ތެރޭގައި އޭނާ ހުންނަނީ މަޖާކުރަން ކަމަށާއި، އިސްތަންބުލްގެ ނައިޓް ކްލަބްތަކަށް ދާ ކަމަށެވެ. އަދި ޓީމު ހޮވަން ޖެހޭއިރު ކުޅުންތެރިންގެ ފޮޓޯ ޖަހާފައި ހުންނަ ފައިސާކޮޅުތައް އުއްކާލާ ކަމަށާއި، މޭޒުމަތީގައި ހުންނަ 11 ކުޅުންތެރިން ކުޅޭނެ ކަމަށެވެ.

"އަހަރެންގެ އަތުގައި 25 ފައިސާ ކޮޅެއް އެބަހުރި. އެ ފައިސާކޮޅުތަކުގައި ކުޅުންތެރިންގެ މޫނު ކުރެހިފައި ހުންނާނެ، ތައްމައްޗަށް އުކާލާފައި ވެއްޓޭއިރު، މޭޒުމަތީގައި ހުންނަ ފައިސާކޮޅުތަކުގެ ކުޅުންތެރިން ކުޅޭނީ. ތަޅުންގަނޑުގައި ޖެހޭ ފައިސާކޮޅުތަކުގެ ކުޅުންތެރިން ބެންޗުގައި ތިބޭނީ. މިއީ ވަރަށް ސިމްޕަލް،" މޮރީނިއޯ ބުންޏެވެ.

މި ސީޒަނުގައި މޮރީނިއޯ ވަނީ އެކި ކަންކަމާ ގުޅިގެން ޚަބަރުތަކުގައި ޖާގަ ހޯދާފައެވެ. މީގެ ތެރޭގައި ގަލަޓަސަރާއިގެ ކޯޗު އޯކަން ބުރުކްގެ ނޭފަތުގައި ޖެހުމާ ގުޅިގެން ތިން މެޗުގެ މުއްދަތަށް ސަސްޕެންޑް ކުރެވުނު މައްސަލައާއި، ނަސްލީ ތަފާތުކުރުން ގެންގުޅުނު ކަމަށް ބުނެ ގަލަޓަސަރާއިން ކުރި ދައުވާ ހިމެނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރާންސްޕޯޓް މިނިސްޓަރ އަމީން ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ޚަބަރު | 21 ދުވަސް ކުރިންމޮރީނިއޯ މިހާރު ފުރަތަމަ 11 ކަނޑައަޅަނީ ގުރުލައިގެންކުޅިވަރު | 2 މަސް ކުރިންރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ފަތްކޮޅު އަރުވައިފިޚަބަރު | އަހަރެއް ކުރިން