logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފްރާންސްގެ މޮޅުކުޅުންތެރިޔާ ކަމަށް ޑެންބެލޭ. އަމާޒުހުރީ ބެލަންޑިއޯ އަށް

އަބްދުﷲ ޣާނިމް
12 މޭ 2025 - 03:49
އެންމެ މޮޅުކުޅުންތެރިޔާ އެވޯޑާއެކު ޑެމްބެލޭ. ފޮޓޯ: ލި އިކްއިޕޭ
އެންމެ މޮޅުކުޅުންތެރިޔާ އެވޯޑާއެކު ޑެމްބެލޭ. ފޮޓޯ: ލި އިކްއިޕޭ

މި ސީޒަނުގެ ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ)ގެ ފޯވާޑް އޮސްމާން ޑެމްބެލޭ ހޯދައިފިއެވެ. މި ސީޒަނުގައި ޑެމްބެލޭ ވަނީ ފްރެންޗް ލީގުގައި ކުޅުނު 28 މެޗުން 21 ލަނޑު ޖަހައި، ޕީއެސްޖީއަށް ލީގު ޗެމްޕިއަންކަން ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވުމަށްފަހު، މި ސީޒަނުގައި ޑެމްބެލޭ ވަނީ މުޅި ސީޒަނުގައި މިހާތަނަށް ކުޅުނު 46 މެޗުން 33 ލަނޑު ޖަހައި، ފްރެންޗް ކަޕް ހޯދުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ ޑެމްބެލޭގެ ކުޅުން ވަރަށް ބޮޑަށް ތަރައްގީވެފައިވާ ކަމަށް ފާހަގަކޮށްފައެވެ. އެންރީކޭ އަކީ މި ސީޒަނުގެ ފްރެންޗް ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ކޯޗެވެ. އަދި މި ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާ ވަނީ ހޯދާފައެވެ.

ޑެމްބެލޭ ބުނެފައިވަނީ ފްރެންޗް ލީގާއި ފްރެންޗް ކަޕް ލިބުނު ނަމަވެސް، ޕީއެސްޖީގެ މައިގަނޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކަމަށެވެ. އެގޮތުން ފައިނަލުގައި އިންޓަރ މިލާން ބަލިކުރުމަށް ޓީމުގެ ކުޅުންތެރިން ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ފްރާންސް ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި ޑެމްބެލޭ މިހާރު އޮތީ ބެލަންޑިއޯ ރޭހުގެ އެންމެ މަތީގައެވެ. އެގޮތުން ޗެންޕިއަންސް ލީގާއެކު 3 މުބާރާތް (ޓްރެބްލް) ކާމިޔާބުކުރުމުގެ ފުރުސަތު ޑެމްބެލޭއަށް ފަހިވެފައިވާއިރު، ކުރިޔަށް އޮތް ނޭޝަންސް ލީގާއި، ކުލަބް ވޯލްޑްކަޕްގައި އެދެވޭ ނަތީޖާތަކެއް ޑެމްބެލޭ އާއި އޭނާގެ ޓީމު ހޯދައިފިނަމަ، އޭނާއަށް މި ސީޒަނުގެ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމްލިބުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ފްރާންސްގެ ލީގު 1 ގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުން ހަކީމީ އުނިކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންޕީއެސްޖީއިން 14 ވަނަ ފަހަރަށް ފްރެންޗް ލީގުގެ ތަށި އުފުލާލައިފިކުޅިވަރު | އަހަރެއް ކުރިންފްރާންސްގެ މޮޅުކުޅުންތެރިޔާ ކަމަށް ޑެންބެލޭ. އަމާޒުހުރީ ބެލަންޑިއޯ އަށްކުޅިވަރު | އަހަރެއް ކުރިންޕީއެސްޖީގެ އިންވިންސިބަލް ސްޓޭޓަސް ގެއްލިއްޖެކުޅިވަރު | އަހަރެއް ކުރިން