logo
ޚަބަރު

އާތިކާގެ ޕެޓިޝަނުގެ މައްސަލައިގައި ވަޒީރު: އެފަދަ ޝަކުވާއެއް މިނިސްޓްރީއަށް ހުށަހެޅިފައެއް ނުވޭ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
16 ސެޕްޓެމްބަރު 2024 - 17:51
ވަޒީރު އާދަމް ނަސީރު އިބްރާހިމް އަދި އެވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ -- ފޮޓޯ/ ރައީސް އޮފީސް
ވަޒީރު އާދަމް ނަސީރު އިބްރާހިމް އަދި އެވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)  އާތިކާ އިބްރާހިމް އިސްވެހުރެ، އެ ވުޒާރާގެ މުވައްޒަފުންނަށް ބުލީ ކުރި މައްސަލައެއްގެ ޕެޓިޝަން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް، އެފަދަ ޝަކުވާއެއް އެ ވުޒާރާއަށް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމުގައި ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ، އެ ޕެޓިޝަނާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަޒީރު ވިދާޅުވީ، އެފަދަ ޕެޓިޝަނެއްގެ މައްސަލަ ވަޒީރަށް އަދި އެ ވުޒާރާއަށް ވެސް ރަސްމީކޮށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެ ޕެޓިޝަން ވަކި ބޭފުޅަކަށް އަމާޒުކޮށް ހުށަހަޅާފައި އޮތް ނަމަވެސް، ޕީއެސް އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ފަރުވާތެރި މުވައްޒަފެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެންމެ ކުރުކޮށް ދަންނަވަންޏާ މިނިސްޓްރީއަށް ތިކަން ރަސްމީކޮށް އެނގިފައެއް ނެތް. އަޅުގަނޑާ ހަމައަށް ތިކަމާ ބެހޭ އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނެތް،"

".. ވަކި ބޭފުޅަކަށް އަމާޒުވެފަ އޮތީމަ އޭނާއާ ގުޅޭ ގޮތުން ވެސް ދަންނަވަން އޮތީ ވަރަށް ބުރަކޮށް ހަވާލުކުރާ ކޮންމެ މަސައްކަތެއް ގަޑިއަށް ނިންމަވާ ފަރުވާތެރި މުވައްޒަފެކޭ. ރަނގަޅަށޭ މަސައްކަތް ކުރައްވަމުން ގެންދަވަނީ،" ވަޒީރު ވިދާޅުވިއެވެ.

400689_3_22b45cd26938fd6e1e99cac8beb4a31c7b242efc_large.jpg

އެ ވުޒާރާގެ ޕީއެސް އާތިކާ -- ފޮޓޯ/ ދިވެހި ބަހާއި ސަގާފާތާ ބެހޭ ވުޒާރާ

ވަޒީރު އެފަދައިން ވިދާޅުވިއިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެ، އާތިކާ ވަނީ އެ ވުޒާރާއިން ކުރި ބައެއް މަސައްކަތްތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

އާތިކާގެ އެފަދަ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅީ، އެ ވުޒާރާގެ 22 މުވައްޒަފުންގެ ސޮއި ހިމެނޭ ޕެޓިޝަނަކާއެކުއެވެ. އެގޮތުން އެ ޕެޓިޝަނާއެކު ހުށަހެޅި ސިޓީގައި ބުނީ، އެ ވުޒާރާގެ މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއް ނެތި، އުސޫލުތަކުގެ ބޭރުން އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ރިއާޔަތް ކުރުމެއް ނެތި ބުލީކުރުމުގެ އުސޫލުން އާތިކާ އަދި އެ ވުޒާރާގެ ޑިރެކްޓަ ޖެނެރަލް ކަންކަން ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން އެ ވަގުތަކު ބޭނުންވާ މީހަކު ލައްވައި ބޭނުން ކަމެއް ކުރުވަމުން ގެންދިއުމުގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އުފެދި ވަޒީފާގެ މަސްއޫލިއްޔަތުތައް އޮޅުންބޮޅުންވެ، މަސައްކަތްކުރަން ދަތިވާ ހިސާބަށް އޮފީހުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް އެ ޕެޓިޝަނުގައި ބުންޏެވެ.

މީގެ އިތުރަށް ވެސް، އެ ޕެޓިޝަނުގައި ޖުމްލަ 11 މައްސަލައެއް ފާހަގަކޮށްފައިވާއިރު، އެ ޕެޓިޝަން ވަނީ އެޗްއާރްސީއެމް އަދި ރައީސް އޮފީހަށް ވެސް ހުށަހަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންރަސްމިއްޔާތު ތަކުގައި ބޭނުން ކުރުމަށް 10،000 ދިދައާއި ދިދަ ދަނޑި ހޯދަނީ ޚަބަރު | 3 މަސް ކުރިންދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ ޚަބަރު | 3 މަސް ކުރިންޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުން މިފަހަރު އޮތީ 3 ރަށެއްގައި ޚަބަރު | 4 މަސް ކުރިން