logo
E-Platinum
ޚަބަރު

ރިޔާސީ ކޮމިޝަނުން ރައުދާ ސުވާލުކޮށްފި

އާމިނަތު ޝަފާ
12 މޭ 2025 - 10:13
ރިޔާސީ ކޮމިޝަނުން ރައުދާ ސުވާލުކޮށްފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލްއާ ރިޔާސީ ކޮމިޝަނުން ސުވާލުކޮށްފިއެވެ.

ރައުދާ ބައްދަލުކޮށް، ހާދިސާއާ ގުޅޭގޮތުން އޭނާއާ ސުވާލުކޮށްފައިވާކަމަށް ބުނުމުގެ އިތުރުން އެއްްވެސް މައުލޫމާތެއް ކޮމިޝަނުން ހާމަކޮށްފައެއްނުވެއެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، ރައީސްވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

މި ކޮމިޝަންގެ މެންބަރުންނަކީ

  1. ޑޮކްޓަރ މުޙައްމަދު މުނައްވަރު
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު
  3. ޑޮކްޓަރ މޫސާ މުރާދު
  4. އަލްފާޟިލާ ޖަބީން މުޙައްމަދު
  5. އަލްފާޟިލާ އާމިނަތު އީނާސް

ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ހިންގާ ގަވައިދު އާންމުކޮށްފިޚަބަރު | 3 މަސް ކުރިންރިޔާސީ ކޮމިޝަނުން ރައުދާ ސުވާލުކޮށްފި ޚަބަރު | 3 މަސް ކުރިންޔުމްނު ވެއްޓުނު މައްސަލާގައި މައުލޫމާތު އެއްކުރަން ހާއްސަ ޕޯޓަލް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިން