logoEN
ޚަބަރު

ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ހިންގާ ގަވައިދު އާންމުކޮށްފި

ހުސައިން ވަސީމްހުސައިން ވަސީމް

15 މޭ 2025 - 05:05

"2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ގަވާއިދު އާންމު ކޮށްފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފެއްދެވީ 27 އެޕްރިލް 2025 ގައެވެ.

އެ ކޮމިޝަނުން އާންމު ކުރި ގަވާއިދުގައި އެ ކޮމިޝަނުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ބާރުތަކާއި ކޯރަމާއި މެންބަރުންގެ ސުލޫކީ މިންގަނޑުތައް ވަނީ ބަޔާންކޮށްފަ އެވެ.

ރިޔާސީ ކޮމިޝަނުގެ ގަވާއިދުގައި ވާގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ އަދަދަކީ ފަހެއް ކަމަށާ ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ޔުމްނު ވެއްޓުނު މައްސަލާގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް އެ ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ ހާދިސާއާއި ގުޅެގޮތުން އެކި މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅު އަޅާ، އެ މައްސަލާގައި ކަން ހިނގާފައިވާގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ތަހުގީގުކޮށް ރައީސަށް ލަފާއެރުވުމެވެ.

ހަފްތާއަކު މަދުވެގެން ފަސް ބައްދަލުވުން ކޮމިޝަނުން ބާއްވަން ޖެހެ އެވެ. އަދި އެއްވެސް މެމްބަރަކު ބައްދަލުވުމަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ އެކަން އެއް ގަޑިއިރު ކުރިން އަންގަންޖެހެ އެވެ. އަދި ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ނެތީސް ކޮމިޝަނުގެ ބައްދަލުވުމަކަށް ހާޒިރުނުވުމަކީ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން ސުލޫކީ މައްސަލައެކެވެ.

މި ކޮމިޝަނަށް ވަނީ ފުޅާ ދާއިރާއެއްގައި ބާރުތަކާއި އިމްތިޔާޒުތައް ދެއްވާފައެވެ. އެގޮތުން ތަހުގީގަސް އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތަކުގެ އެހީތެރިކަމާ ތަޖުރިބާ ހޯދުމާ ގެނައުން ހިމެނެ އެވެ. އަދި މީހުން ހައްޔަރުކުރުމާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ ކޯޓު އަމުރުތަކަށް އެދެ ވޭނެ ކަމަށް ވެސް ކޮމިޝަންގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުުމުގެ ގޮތުން އެކަމަށް ޙާއްޞަ ޕޯޓަލްއެއްވެސް ކޮމިޝަނުން މިހާރުވަނީ ހުޅުވާލާފަ އެވެ.

ކޮމިޝަނުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ތަހުޤީޤާއި ގުޅޭ އެކި ފަރާތްތަކާއި ބައްދަލުކޮށް އިންޓަވިއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތެވެ.

އިންކުއަރީ ކޮމިޝަންގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވީ، މި ޕޯޓަލް ތައްޔާރު ކޮށްފައިވަނީ ސުވާލުވެސް ކުރެވޭ ގޮތަށް ކަމަށާއި ތަޙުޤީޤު ކުރިއަށްދާ ގޮތުގެ އަދާހަމަވެސް މި ޕޯޓަލްގެ ތެރެއިން ލިބޭނެ އިންތިޒާމު ލިބޭނެ ކަމަށެވެ.

ޑރ މުނައްވަރު މީގެ ކުރިން ވިދާޅުވީ މި ހާދިސާގައި ޖިނާއީ ކުށެއް ކުރެވުނުކަމުގެ ތުހުމަތުގައި ކުރެވޭ ތަހުގީގަކަށް ވާތީ ބައެއް މައުލޫމާތުތައް ތަޙުޤީޤު ފުރިހަމަވުމުން ހާމަކުރެވޭ ކަހަލަ މައުލޫމާތު ހުރެދާނެ ކަމަށް ރިއާޔަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެފަދަ މައުލޫމާތެއް ނެތްނަމަ އެ ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި ކުރެވޭ މަސައްކަތްތައް ހާމަކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder