logoEN
ކުޅިވަރު

ރޯމާގެ އަންބީޓަން ސްޓްރީކް ނިމުމަކަށް ގެނެސް، އެޓަލާންޓާ ޗެންޕިއަންސް ލީގަށް ކޮލިފައިވެއްޖެ

މެޗަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އެޓަލާންޓާ

މެޗަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އެޓަލާންޓާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

13 މޭ 2025 - 04:36

ސީރީ އޭގައި ވިދިވިދިގެން 19 މެޗު ނުބަލި ސިލްސިލާއެއް ހިފަހައްޓަމުން އައި ރޯމާ އަށް އެޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެއްޖެއެވެ. މި މެޗުން ލިބުނު މޮޅާއެކު އެޓަލާންޓާ ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.

މި މެޗުގައި އެޓަލާންޓާ އަށް ފުރަތަމަ ލީޑު ހޯދައިދިނީ އަދެމޯލާ ލުކްމަން އެވެ. ނަމަވެސް ރޯމާގެ ބްރަޔަން ކްރިސްޓާންޓޭ ވަނީ މެޗުގެ ސްކޯ އެއްވަރު ކޮށްފައެވެ. އެޓަލާންޓާގެ ކާމިޔާބު ހޯދައިދިން ގޯލު ޖެހީ އިބްރާހިމް ސުލެއިމާނާ އެވެ.

މި މެޗުން ބަލިވުމާއެކު ރޯމާ ވަނީ ޓޭބަލްގެ 6 ވަނަ ހިސާބަށް ވެއްޓިފައެވެ. މިއާެެކު ރޯމާ ޓޮޕް 4 އަށް އެރުމަށް ކުރަމުން އައި އުންމީދަށް ބޮޑު ލޮޅުމެއް ވަނީ ލިބިފައެވެ. މެޗުގެ ފަހު ވަގުތުތަކުގައި ރޯމާ އިން ވަނީ ސްކޯ އެއްވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވިއެވެ.

މި މެޗަކީ ލީގުގެ 3 ވަނަ އަދި 4 ވަނައަށް އޮތް ދެ ޓީމުގެ މެދުގައި ކުޅުނު މުހިންމު މެޗެކެވެ. މި މެޗުން ލިބުނު ބަލިވުމާއެކު ރޯމާ އަށް ވަނީ ލާޒިއޯ އަދި ޖުވެންޓަސް އަށްވުރެ ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ.

ކޮމެންޓް

871x217_placeholder