logo
MPL

MPL

ޚަބަރު

ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި

އަޙްމަދު ޒަލީފް
15 މޭ 2025 - 14:05
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 20 ދުވަސް ޖަހައިފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެނގިފައިވާ ގޮތުގައި ރަޢުދުގެ ބަންދު އިތުރުކޮށްފައިވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ ގިނަ ކަންތައްތަކެއް ހުރުމުންނެވެ. ނަމަވެސް ރަޢުދުގެ ފަރާތުން ބަންދު މަޖިލީހުގައި ބުނެފައިވަނީ ހާދިޘާ ހިނގީރޭ ކަންތައް ހިނގާދިޔަ ގޮތް މިހާރު ހަނދާނުގައި ނެތް ކަމަށާއި އެ ވާހަކަތައް ކިޔައިދޭން މިހާރު ނޭނގޭ ކަމަށެވެ.

ރަޢުދުގެ ފަރާތުން މިފަދައިން ފާހަގަކޮށްފައިވީ ނަމަވެސް މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މި މައްސަލައިގެ ތުޙުމަތު ރަޢުދުގެ މައްޗަށް އޮތް ކަމަށް ބާރު ލިބޭ ހެކިތަކެއް އެބަ ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވަނީ އޭނާގެ މައްޗަށް ހާދިސާގައި ބައިވެރިވުމުގެ އިތުރުން، މަސްތުވެފައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ކޮށްފައެވެ. މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުން ތުހުމަތުކުރަމުން ދިޔުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

މިވަގުތު ޔުމްނުއަށް މެލޭޝިއާގައި އިތުރު ފަރުވާދެމުންދާއިރު ޔުމްނު ވަނީ މައްސަލައާއި ގުޅޭ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ. ޔުމްނުގެ އާއިލާއިން ބުނި ގޮތުގައި ޔުމްނު އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި ބަޔަކު އޭނާ ވައްޓާލީކަމަށް ޔުމްނު ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | ދުވަހެއް ކުރިންއިންޖީނަކާ ޑިންގިއެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިންފެނަކަ ޚިޔާނާތް: ދީނާގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 5 ދުވަސް ކުރިންފުނަދޫ އަލިފާން: ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް، ފުލުހުންގެ މޭޖާ ކްރައިމްސް ޓީމެއް އެރަށަށްޚަބަރު | 7 ދުވަސް ކުރިން