logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބެންޒެމާ ރޮނާލްޑޯއަށްވުރެ ކުރިން ސަޢޫދީ ޕްރޯލީގު ނަގައިފި

އަބްދުﷲ ޣާނިމް
16 މޭ 2025 - 06:29
އަލް އިއްތިޙާދުގެ ކެޕްޓަން ބެންޒެމާ
އަލް އިއްތިޙާދުގެ ކެޕްޓަން ބެންޒެމާ

ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން އަލް އިއްތިހާދުން 10 ވަނަ ފަހަރަށް ހޯދައިފިއެވެ. އަލް އިއްތިހާދުން މި ޝަރަފުވެރި ވަނަ ހޯދީ ބާކީ ދެ މެޗު ކުޅެން އޮއްވާ، އަލް ރައީދް އާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއެއް ހޯދައިގެންނެވެ.

މި ކާމިޔާބީއާއެކު އަލް އިއްތިހާދަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 77 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައިވާ އަލް ހިލާލަށް 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު 63 ޕޮއިންޓާއެކު ވަނީ ހަތަރުވަނައިގައެވެ. ރޮނާލްޑޯ ސަޢޫދީގައި ދެސީޒަނާ ބައި ކުޅުނުއިރު، އަދިވެސް މިހާތަނަށް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ މިނިޓުގައި އަލް ރައިދްގެ ގޮންޒާލޭޒް ލަނޑެއް ޖަހައި ކުރިއަށް ދިޔަނަމަވެސް، 20 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ ސްޓީވެން ބާރޖްވިން ވަނީ މެޗު އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެނީލޯ ޕެރޭރާ އަލް އިއްތިހާދަށް ކުރިއެރުން ހޯދައިދިނެވެ. ދެވަނަ ހާފުގެ ފެށުމުގައި އަބްދުއްރަހުމާން އަލް އުބުދް ޖެހި ލަނޑާއެކު މެޗު ނިމުނީ 3-1 ންނެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން ލައުރެން ބްލޮންކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އިއްތިހާދުގައި މިވަގުތު ކުޅެމުންދަނީ ކަރީމް ބެންޒޭމާ، އެންގޯލޯ ކާންޓޭ، އުނެއި ހަނާންޑޭޒް އަދި ފަބީނިއޯ ފަދަ ބޮޑެތި ތަރިންނެވެ.

އަލް އިއްތިހާދަށް މިއަހަރުގެ ސީޒަން އަދިވެސް ނިމިފައެއް ނުވެއެވެ. މި މަހުގެ 30 ގައި އެ ޓީމުން ވާދަކުރާނީ ކިންގްސް ކަޕްގެ ފައިނަލުގައި އަލް ގަދްސިއާ އާ ދެކޮޅަށެވެ. މި މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދައި، މޫސުމުގެ ޑަބަލް ހޯދުމަކީ އަލް އިއްތިހާދުގެ އަމާޒެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެކުޅިވަރު | 2 މަސް ކުރިންބެންޒެމާ ރޮނާލްޑޯއަށްވުރެ ކުރިން ސަޢޫދީ ޕްޯ ލީގު ނަގައިފިކުޅިވަރު | 5 މަސް ކުރިންރޮނާލްޑޯގެ ދެގޯލާއެކު އަލް-ނަސްރު ފަހަތުން އަރައި މޮޅުވެއްޖެކުޅިވަރު | 6 މަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު އަލް ނަސްރުން އަލް ހިލާލް ބަލިކޮށްފިކުޅިވަރު | 7 މަސް ކުރިން