އޭސީމިލާނުގެ ކޯޗުކަމުން ކޮންސިއެސާއޯ ވަކިވަނީ
16 މޭ 2025 - 06:36

އިޓަލީގެ އޭސީމިލާނުގެ ކޯޗު ސާޖިއޯ ކޮންސިއެސާއޯ އާއި ކްލަބާ ދެމެދު ވެފައިވާ އެއްބަސްވުން 2025/26 ވަނަ ސީޒަނުގެ ނިޔަލަށް ނިމުމަކަށް ގެންނަން ދެފަރާތުން އެއްބަސްވެއްޖެއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް މިލާނުގެ ކޯޗުކަމާ ހަވާލުވި ކޮންސިއެސާއޯގެ ދަށުން ކްލަބަށް އިޓަލީ ސުޕަރ ކަޕް ކާމިޔާބުކުރެވުނު ނަމަވެސް، ލީގުގައި އޭސީ މިލާނަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުނެވެ. އެގޮތުން މިސީޒަންނިމުނުއިރު އޭސީމިލާން އޮތީ ޗެމްޕިއަންސް ލީގު ޖާގައިން 9 ޕޮއިންޓް ދުރުގައި، 8 ވަނައިގައެވެ.

Ad by Hajj Corporation
މީގެއިތުރުން ކޮޕާ އިޓާލިއާގެ ފައިނަލްގައި ބޮލޮންޔާއާ ވާދަކުރި މެޗުން 1-0 އިން ބަލިވުމާ ގުޅިގެން ކޮންސިއެސާއޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވެއެވެ.
އަންނަ ސީޒަނަށް އައްޔަންކުރާނެ އާ ކޯޗެއް ހޮވުމުގެ މަސައްކަތް ކުރާނީ މިލާނުގެ އާ ސްޕޯޓިންގ ޑިރެކްޓަރެވެ. އަދި ކޮންސިއެސާއޯ ވަކިވުމާއެކު، ޖޯއާއޯ ފެލިކްސް އަދި ކައިލް ވޯކަރ ދާއިމީކޮށް ސައިންކުރުމުގެ ވިސްނުން ވެސް ކްލަބުން ވަނީ ދޫކޮށްލާފައެވެ.