logo
Bank of Maldives

Bank of Maldives

ޚަބަރު

މީގެ ކުރީގައި ސަރުކާރުތަކަށްވުރެ ގޭންގުތައް ވަރުގަދަ، ފެނުނީ ބިރުން ތިބި މަންޒަރު

އާމިނަތު ޝަފާ
16 މޭ 2025 - 07:02
މީގެ ކުރީގައި ސަރުކާރުތަކަށްވުރެ ގޭންގުތައް ވަރުގަދަ، ފެނުނީ  ބިރުން ތިބި މަންޒަރު

މީގެ ކުރީގައި ސަރުކާރުތަކަށްވުރެ ގޭންގުތައް ވަރުގަދަކަމަށާއި ފެނުނީ ކުރީ ސަރުކާރުތަކުން ގޭންގުތައް ދެކެ ބިރުން ތިބި މަންޒަރުކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގޭންގުތައް ކަނޑައެޅުމުގެ ފުލް ކޮންޓްރޯލް ކޯޓަށް ލިބޭ ގޮތަށް، ގޭންގު ކުށްތަށް ހުއްޓުވުމަށް ހަރުކަށި އަދަބު ލިބޭހެން ފަރުމާކޮށް ހުށަހެޅި ބިލު އިއްޔެ މަޖިލީހުން ފާސްކޮށްފައިވާއިރު ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައި ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި ދިވެހި މުޖުތަމައަކީ ކުށް މަދު ރައްކާތެރި ކޮންމެ ރަށެއްގައިވެސް ހަމަޖެހުމާއެކު ރައްޔިތުންނަށް އުޅެވޭފަދަ މުޖުތަމައަކަށް ހަދަންޖެހޭކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުތަކުން ފެނުނީ މިކަމަށް ހައްލެއް ގެންނަން ނުކެރިގެން އުޅުނު މަންޒަރު. ބިރުން އުޅުނު މަންޒަރު. ގޭންގުތައް ދެކެ ބިރުން އުޅުނު މަންޒަރު. ނަމަވެސް މިއަދު މި މައްސަލަތައް ހައްލުކޮށްދީ ވީދިފައިވާ އިޖުތިމާއީ ފޭރާން އަނބުރާ އިޔާދަކޮށް ކޮންމެ އާއިލާއަކަށް އަމާންކަމާއެކު އުޅުމުގެ ފުރުސަތު ހޯދައިދޭން މި މަސައްކަތްކުރަނީ."

މި ދައުރުގެ އެންމެ ފަހު ޖަލްސާގައި އެ ބިލު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކުއެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު އެމްޑީޕީގެ 11 މެންބަރަކު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ނުދޭށެވެ.

ގޭންގު ކުށްތަކުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައި، ގޭންގު ކުށްތައް ހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ދާހިލީ ވަޒީރު އަލީ އިހުސާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ތެލެސީމިއާ ސެންޓަރުގައި ވެރިއެއް ވެސް ނެތް: ސުޖާއުޚަބަރު | ދުވަހެއް ކުރިންރައީސް މުޢިއްޒަކީ އޯގާތެރި ވެރިއެއް، ޔާމީނުނަމަ މޫނު ކުނިކުރާނެ، އިބޫ ނަމަ މުޅިތަން ބަންދުކުރާނެ: ޝުޖާޢުޚަބަރު | މަހެއް ކުރިންއަތޮޅުތައް އުވާލާކަށްނޫޅެން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއުޚަބަރު | 2 މަސް ކުރިންތައުލީމީ އަދި ސިއްހީ މަސައްކަތްތެރިންނަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީ ސަރުކާރުން: ސުޖާއުޚަބަރު | 4 މަސް ކުރިން