logo
MPL

MPL

ޚަބަރު

ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ކޮންސަލްޓެންޓަކު ހޯދަނީ

އަޙްމަދު ޒަލީފް
17 މޭ 2025 - 08:39
ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ކޮންސަލްޓެންޓަކު ހޯދަނީ

ދައުލަތުގެ ސިޔާސަތުތަކާއި ދަރަނި ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް އުފެއްދުމަށް ފިނޭންސް މިނިސްޓްރީއަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭން ނަގާފައިވާ ބޭރު ދަރަނީގެ ބޮޑު އަދަދެއް ދައްކަން ޖެހެނީ މި އަހަރާއި އަންނަ އަހަރުގަ އެވެ. އޭގެ ތެރެއިން އަންނަ އަހަރު އެކަނި 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާންކުރި ގޮތުގައި ހުޅުވާލާފައިވަނީ "ޑެޓް ސްޓެރެޓަޖީ އެންޑް ރިސްކް މެނޭޖުމަންޓް ކޮންސަލްޓެންޓް" ގެ މަގާމަށެވެ.

އެއީ ދަރަނި މެނޭޖު ކުރުމުގެ އިތުރުން ދަރަންޏާ ގުޅޭ ގާނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ދަރަނީގެ މުއާމަލާތްތައް ސައްހަކޮށް ހިންގުމާއި، ސެޓްލްމަންޓާއި، ރެކޯޑްކުރުމަށް އެހީތެރިވުމަށްޓަކައި މުހިންމުވެފައިވާ މަގާމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރަނިތައް މެނޭޖުކޮށްގެން ދައުލަތުގެ ހަރަދުތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯލިހަކީ ޤައުމު ދަރަނިވެރިކޮށް މިނިވަންކަން ވިއްކާލި ޚާއިނެއް!ރިޕޯޓް | 3 ގަޑިއިރު ކުރިންނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފިޚަބަރު | ދުވަހެއް ކުރިން''ހަރަދުތައް އިސްލާހުކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ''ޚަބަރު | ދުވަހެއް ކުރިންއިދިކޮޅުގެ ދުއްތުރާތަކުން ހަށިފޮޅާލައި ރާއްޖެއަށް މާލީ ބޮޑު ކާމިޔާބީއެއްރިޕޯޓް | 6 ދުވަސް ކުރިން