logo
ކުޅިވަރު

ސިޓީ ސީޒަން ހުސްއަތާ ނިންމާލިއިރު، ޕެލަސް 120 އަހަރުފަހުން ފުރަތަމަ ތަށި

އަބްދުﷲ ޣާނިމް
18 މޭ 2025 - 07:05
މިއީ ޕެލަސްގެ ޓާޜީޚުގެ ފުރަތަމަ މޭޖަރ ޓްރޮފީ. ފޮޓޯ: ޕެލަސް
މިއީ ޕެލަސްގެ ޓާޜީޚުގެ ފުރަތަމަ މޭޖަރ ޓްރޮފީ. ފޮޓޯ: ޕެލަސް

ކްރިސްޓަލް ޕެލަސްއިން އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކޮށް 1-0 ކުލަބުގެ ތާޜީޚުގައި ފުރަތަމަ ފަހަރަށް މޭޖަރ ތަށްޓެއް ކާމިޔާބުކޮށްފިއެވެ. އިނގިރޭސި ވިލާތުގެ ވެމްބްލީގައި ކުޅުނު މިމެޗު ޕެލަސް އިން ކާމިޔާބުކުރީ 1-0 އިންނެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލުޖެހީ މެޗުގެ 16 ވަނަ މިނެޓުގައި ޕެލަސްގެ ފޯވާޑް އެބެރެޗި އީޒެއެވެ. މިމެޗުގައި ޕެލަސްގެ ގޯލްކީޕަރު ޑީން ހެންޑަރސަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. އޭގެ ތެރޭގައި މެޗުގެ 36 ވަނަ މިނެޓްގައި އޯމަރ މަރމޫޝްގެ ޕެނަލްޓީ ހުއްޓުވުން ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ ގޯލު އޭރިއާ އިން ބޭރުގައި ބޯޅައަށް އަތްލައިގެން ރަތް ކާޑު ލިބުމުގެ ނުރައްކަލުން ސަލާމަތްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މެޗުގެ ދެވަނަ ހާފުގައި ޕެލަސްގެ ޑެނިއަލް މުނޯޒް ޖެހި ލަނޑު ވީއޭއާރުން އޮފްސައިޑް ގޯލެއްކަމަށް ބަލައި ބާތިލުކުރިއެވެ. މެޗުގައި ސިޓީގެ ފަރާތުން ފުލުފުލުގައި ހަމަލާތައް ފޮނުވާލައި މެޗުގެ ނަތީޖާ އަނބުރާލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. .

މިއާއެކު ޔޫރަޕިއަން ފުޓްބޯޅައިގައި ތަށްޓެއް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ތިން ޓީމަކުން މިއަހަރުގައި ތަށި ކާމިޔާބުކޮށްފައިވެއެވެ. އެގޮތުން ބޮލޯނިއާ ބައި ގަރުނު ފަހުން މިއަހަރުގައި ތަށްޓެއް ކާމިޔާބުކުރިއިރު، ނިއުކާސަލް ވަނީ 70 އަހަރުގެ ފަހުން ތަށްޓެއް ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިއަހަރުގައި ހެރީކޭން ވެސް 31 އަހަރުފަހުން އޭނާގެ ކެރިއަރުގެ ފުރަތަމަ ތަށި ވަނީ ކާމިޔާބުކޮށްފައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ފަސޭހަކަމާއެކު ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިކުޅިވަރު | 5 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީކުޅިވަރު | 8 ދުވަސް ކުރިންސިޓީއިން އެޑަސަން ވިއްކާލުމަށްފަހު ޑޮނަރުމާ ހޯދަނީކުޅިވަރު | 10 ދުވަސް ކުރިންރޮޑްރީއަށް އަށް އަނެއްކާވެސް އަނިޔާވެއްޖެކުޅިވަރު | 13 ދުވަސް ކުރިން