logo
MPL

MPL

ޚަބަރު

ސްޓޫޑެންޓް ލޯނަށް އަލުން ފޯމުހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ސްޓޫޑެންޓް ލޯނަށް އަލުން ފޯމުހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އަލުން ފޯމް ހުށައަޅަން ދިން މުއްދަތު މެއި 22އަށް އިތުރުކޮށްދީފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އިއްޔެ ކުރި އިއުލޭނެއްގައި ބުނެފައި ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމް ރީސަބްމިޓް ކުރުމަށް ފުރުޞަތު ދީފައިވާ ފަރާތްތަކަށް އެޕްލިކޭޝަން ރީސަބްމިޓް ކުރުމުގެ މުއްދަތު 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިތުރުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، އެޕްލިކޭޝަން ފޯމް ރީސަބްމިޓް ކުރުމަށް ފުރުޞަތު އެދޭ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރައްވާ ސަބްމިޓްކުރެއްވުން އެދެމެވެ. މި ގޫގުލް ފޯމް ސަބްމިޓްކުރުމުން މައިއެޑިޔު ޕޯޓަލުން އެޕްލިކޭޝަން ފޯމުގެ ސްޓެޓަސް Application Incomplete and Requires Resubmission އަށް ބަދަލުކުރެވޭނެ ކަމަށެވެ.

ސްޓޫޑެންޑް ލޯން ސްކީމަށް މި އަހަރު ހުޅުވާލުމުން 500 ފުރުޞަތަކަށް 1300އެއްހާ ދަރިވަރުން ކުރިމަތިލާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 6 މަސް ކުރިންފަސޭހަ ބަދަލުތަކަކާ އެކު، ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފިޚަބަރު | 7 މަސް ކުރިންއާރޓް-ކަލްޗަރގެ ދާއިރާއިން ކިޔެވުމަށް ''ލަތާ މަންގޭޝްކަރު '' ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 8 މަސް ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 8 މަސް ކުރިން