logo
MPL

MPL

ޚަބަރު

ބޮޑުތަކުރުފާނު މަގު ހެދުމަށް އާންމުންގެ ހިޔާލު ހޯދަނީ

ބޮޑުތަކުރުފާނު މަގު ހެދުމަށް އާންމުންގެ ހިޔާލު ހޯދަނީ

ބޮޑުތަކުރުފާނު މަގު ހެދުމަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ހުޅުވާލައިފިއެވެ.

މާލޭ ބޭރުމަގު، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ދަނީ ކުރަމުންނެވެ. އީއައިއޭގެ މަސައްކަތްކުރުމަށްޓަކައި އެ މަޝްރޫޢުގެ ސަބަބުން އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި، އަދި މަޝްރޫޢުގައި ހުރި އާންމުން ކަންބޮޑުވާ ކަންކަން ބެލުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮޑުތަކުރުފާނު މަގުގެ އުތުރުން، ހުޅުމާލޭ ފެރީ ޓަރމިނަލްއިން ފެށިގެން މަސްމާރުކެޓާއި ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިމަގު ތަރައްޤީކުރަނީ މަގުފުޅާކޮށް، ކޮޅަކަށް 2 ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށްކަމަށް ސަރުކާރުންވަނީ ބުނެފައެވެ. މިގޮތުން މަގުފުޅާކުރުމަށް އެސަރަޙައްދުގެ ބޭރު ތޮށި، ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން އެސަރަޙައްދުގައި ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރަށް މަގުމަތީގައި ކުރަންޖެހޭ ނިޝާންތަކާއި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ބޮޑުތަކުރުފާނު މަގު ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގައެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 9 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 15 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 19 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 19 ދުވަސް ކުރިން