logo
E-Platinum
ކުޅިވަރު

މެސީއާއެކު މަޔާމީ އޮޔާދަނީ، ހުރިހާ ވަރެއް ރެފްރީއަށް

އަބްދުﷲ ޣާނިމް
19 މޭ 2025 - 07:46
މެޗުގައި މެސީ ރެފްރީއާއި ޝަކުވާ ކުރަނީ. ފޮޓޯ: މަޔާމީ
މެޗުގައި މެސީ ރެފްރީއާއި ޝަކުވާ ކުރަނީ. ފޮޓޯ: މަޔާމީ

އިންޓަރ މަޔާމީއަށް އޯލެންޑޯ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވުމާ ގުޅިގެން އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ނުތަނަވަސްކަން ފާޅުކޮށްފައެވެ. މިބައްޔާއެކު މަޔާމީއަށް ވޭތުވެދިޔަ 7 މެޗުން އެންވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

މެޗުގެ 75 ވަނަ މިނެޓްގައި ރެފްރީގެ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ރެފްރީއާއި ދިމާކުރުމުން މެސީއަށް ވަނީ ރީނދޫކާޑެއް ދައްކާފައެވެ. މިއީ ވިދިވިދިގެން ދެ މެޗުން ރެފްރީންނާ ދިމާކޮށްގެން މެސީއަށް ދެއްކި ދެވަނަ ރީނދޫކާޑެވެ. މެޗަށްފަހު މެސީ ވަނީ އެމްއެލްއެސްގެ ރެފްރީންގެ ނިންމުންތަކާމެދު ފާޑުކިޔާފައެވެ.

ލުއިސް ސުއާރެޒް އަދި ޖޯޑީ އަލްބާ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ކުޅެމުންވެސް މަޔާމީއަށް މެޗުގައި ކާމިޔާބީއެއް ނުލިބުނެވެ. އަލްބާ މި މެޗުގައި ކުޅުނީ އެޓޭކިން ރޯލެއްގައެވެ. މި ބައްޔާއެކު މަޔާމީ ވަނީ އީސްޓަން ކޮންފަރެންސްގެ 6 ވަނައަށް ވެއްޓިފައެވެ. ވޭތުވެދިޔަ 7 މެޗުން މިއާމީ ކޮޅަށް ވަނީ 20 ލަނޑު ވަދެފައެވެ.

މިދިޔަ ސީޒަނުގައި އިންޓަރ މަޔާމީ ސަޕޯޓަރސް ލީގު ނެގުމަށްފަހު މިއާމީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނެއެވެ. އެގޮތުން މަޔާމީ ވަނީ އެމްއެލްއެސް ކަޕްގެ ނޮކްއައުޓް ރައުންޑުގެ ފުރަތަމަ ބުރުން ކަޓާފައެވެ. އަދި މީގެ އިތުރުން މަޔާމީ ވަނީ އުތުރު އެމެރިކާގެ ޗެންޕިއަންސް ލީގާއި ވެސް އަލްވަދާޢު ކިޔާފައެވެ.

އިންޓަރ މަޔާމީއިން ދަށް ނަތީޖާތަކެއް ފެނިގެންމިދަނީ މެސީގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މެސީ މަޔާމީގައި އިތުރަށް މަޑުކޮށްފާނެތޯ ނުވަތަ އެހެން ޓީމަކަށް ބަދަލުވެދާނެތޯ މިއީ މެސީގެ ސަޕޯޓަރުން މިހާރު ޖަވާބު ހޯދަން ބޭނުންވާ އެއް ސުވާލެވެ. އަންނަ އަހަރުގެ ވޯލްޑްކަޕްގައި މެސީ ފެނިގެންދާނެކަމަށް ބެލެވޭއިރު، އިންޓަރ މަޔާމީ މިހާރު ތައްޔާރުވަމުންގެންދަނީ އަންނަ މަހުގައި ފަށާ ކުލަބު ވޯލްޑްކަޕަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ އާއި ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފިކުޅިވަރު | 4 ދުވަސް ކުރިންރޮޑްރީގޯ ޑި ޕޯލް އިންޓަރ މަޔާމީއަށްކުޅިވަރު | 6 ދުވަސް ކުރިންމެސީގެ ފަނޑުވުމެއްނެތް ޖާދޫވި ކުޅުމާއެކު އިންޓަރ މަޔާމީއަށް އިތުރު މޮޅެއްކުޅިވަރު | 9 ދުވަސް ކުރިންޖާދޫ ފަނޑުނުވާ އަބަދަށްފެހި މެސީގެ ހިލޭޖެހުންތަކުން އަދިވެސް އާޝޯޙުވާވަރުވޭ، މެސީގެ ރެކޯޑްތަކާއެކު މަޔާމީ ކުރިޔަށްކުޅިވަރު | 16 ދުވަސް ކުރިން