logo
ޚަބަރު

ބަދަލާއެކު މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ނޯންނާނެ

އާމިނަތު ޝަފާ
20 މޭ 2025 - 05:38
ބަދަލާއެކު މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ނޯންނާނެ

ދައުރު ނިމެން 548 ދުވަސް ނެތްނަމަ ބައި އިލެކްޝަން ނުބާއްވާގޮތަށް ނިންމުމާއެކު މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކެންސަލްވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ގޮނޑިއެއް ހުސްވީ މިދިޔަ މާޗްމަހުގެ 12 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭ ސިޓީ ކައުންސިލް އިންތިހާބުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ކައުންސިލެއްގެ 5 އަހަރުގެ ދައުރު ހަމަވާނީ އަންނަ 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށެވެ. ވުމާއެކު ސިޓީ ކައުންސިލްގެ ކައުންސިލުގެ ބައި-އިލެކްޝަނެއް ބާއްވާކަށް ނުޖެހެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 15 ވަނަ އިސްލާހު ބުނާގޮތުން ދައުރު ނިމެން 548 ދުވަސް ނެތްނަމަ ބައި އިލެކްޝަން ނުބާއްވާނެއެވެ.

މި އިސްލާޙު ގެނައުމަށް ނިންމަވާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވާފައެވެ. އަދި މި އިސްލާޙަށް މިހާރު ވަނީ ޢަމަލުކުރަންފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | 18 ދުވަސް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | މަހެއް ކުރިންއޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ ޚަބަރު | 2 މަސް ކުރިންހުކުރު ދުވަސްތަކުގެ ހެނދުނު މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ ޚަބަރު | 2 މަސް ކުރިން