logo
Bank of Maldives

Bank of Maldives

ޚަބަރު

އަދުލު އިންސާފުގެ ދާއިރާ ފުރިހަމަކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރޭ: އަނާރާ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2024 - 08:36
"އަދުލު އިންސާފުގެ ދާއިރާ ފުރިހަމަކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރޭ"

އަދުލު އިންސާފުގެ ދާއިރާ ފުރިހަމަކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އައު ޕީޖީގެ ފަރާތުން ވެސް ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކުރަށްވާކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ، މިއަދު އޮތް މަޖިލީހުގެ ދައުރުން ބޭރުގެ ތިންވަނަ ޖަލްސާގައި ޕީޖީގެ މަޤާމަށް އައްބާސް ޝަރީފް ޢައްޔަނުކުރުމަށް ޖުޑިޝަރީ ކޮމެޓީގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަނާރާ ވަނީ އަދުލުއިންސާފަކީ ގައުމެއްގެ ނިސްބަތުން މުހިންމު ދާއިރާއެއްކަން ފާހަގަކުރަށްވައި، ޕީޖީ ކަމަށް އައްބާސް ޢައްޔަނުކުރުމުގެ މަރުހަލާގައި ޖުޑިޝަރީ ކޮމެޓީގައި އައްބާސްއާއި މައިގަނޑު ދެކަމެއް އޮޅުން ފިލުވަން ސުވާލުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އެއިން ފުރަތަމަ ކަމަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭފަތްތަކާއި ކިހިނެތްތޯ ބެލުމެވެ. އެކަމަށް އައްބާސް ގެންގުޅުއްވަނީ ވަރަށް ފުރިހަމަ ތަސައްވުރެއްކަމަށް އަނާރާ ވިދާޅުވިއެވެ. ދެވަނަ ކަމަކީ ''ދައުވާ އުފުލުމުގައި ހަމަކަމާއެކު އިންސާފުވެރިކަމަށް ބެލުން'' ކަމަށް އަނާރާ ވަނީ ފާހަގަކުރަށްވާފައެވެ. މާޒީގައި ހިނގާދިޔަ ގޮތަށް އެއްވެސް މީހަކާ ދިމާއަށް އުފުލުނީ ސިޔާސީ ދައުވާއެއްކަމަށް ބުނަން ޖާގަ އޮންނަން ބޭނުން ނުވާކަމަށް އަނާރާ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ޕީޖީގެ މަޤާމަށް އައްބާސް އައްޔަންކުރަން ފެނޭތޯ ނެގި ވޯޓުގައި އޭނާ އެމަގާމަށް ޢައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާންމު އިޖުތިމާއީ މިންގަޑާއި ޚިލާފުވާކަތައް ސިޔާސީ އެއްވުންތަކުން އިވެމުންދާކަމީ ހިތާމަހުރިކަމެއް: އަނާރާޚަބަރު | 3 ގަޑިއިރު ކުރިންއެޑީއެޗްޑީ ބޭސް ރާއްޖެ އެތެރެކުރަން މަޖިލީހުގެ ކޮމިޓީން ރުހުން ދީފިޚަބަރު | 9 ގަޑިއިރު ކުރިންޒާތީ މައުލޫމާތު ރައްކާތެރިކުރުުގެ ބިލެއް މަޖިލީހަށްޚަބަރު | 13 ގަޑިއިރު ކުރިންގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިން