logo
Bank of Maldives

Bank of Maldives

ޚަބަރު

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އާ މަންދޫބެއް ކަނޑައަޅައިފި

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އާ މަންދޫބެއް ކަނޑައަޅައިފި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް އާ ނަމްދޫބެއް ކަނޑައަޅައިފިއެވެ. .

ޑަބްލިއުއެޗްއޯގެ އާ މަންދޫބު ، ޕެއިޑެން ، މަޤާމުގެ ފަތްކޮޅު ފޮރިން މިނިސްޓަރ ޑރ.ޢަބްދުﷲ ޚަލީލަށް އަރުވާފައިވަނީ. އެކަމަށްޓަކައި ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ޚަލީލް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮށްދީފައިވާމަސައްކަތް ފާހަގަކުރައްވާފައެވެ. މީގެތެރޭގައި، ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ހަރުދަނާ ޞިއްޙީ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޞިއްޙީ ދާއިރާގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޕެއިޑެން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އެޖަމްޢިއްޔާއިން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޚަލީލު ވަނީ ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުން ދުންފަތް މަނާކުރުމުގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާހުތަކާއި ގުޅޭ މަޢުލޫމާތު މިނިސްޓަރު ވަނީ ޕެއިޑެންއާއި ހިއްސާކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ މެންބަރު ޤައުމަކަށް ރާއްޖެވެފައިވަނީ 1965 ވަނަ އަހަރު އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އ.ދ. ގެ އާންމު މަޖިލީހުގެ އިގްތިޞާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ރާއްޖެ އިންތިޚާބުވެއްޖެޚަބަރު | 17 ދުވަސް ކުރިންމިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭނެ!ޚަބަރު | 22 ދުވަސް ކުރިންމެލޭޝިޔާގައި ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހިން އީދު ފާހަގަކޮށްފިޚަބަރު | 22 ދުވަސް ކުރިންރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިޚަބަރު | މަހެއް ކުރިން