logo
Bank of Maldives

Bank of Maldives

ޚަބަރު

އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2150 މައްސަލަ

އާމިނަތު ޝަފާ
21 މޭ 2025 - 11:39
އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2150 މައްސަލަ

2025 ވަނަ އަހަރުގެ އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2150 ކޯލު ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވުޒާރާގެ ޗައިލް ހެލްޕްލައިން ސާދަ ބާރަ އަށް ޖުމްލަ 1778 މައްސަލަ ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން، 66 ކޯލަކީ ކުޑަކުދިން އަމިއްލަ އަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި، މީގެތެރެއިން 1198 މައްސަލަ ބޮޑެތިމީހުން ހުށަހަޅާފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 514 މައްސަލަ ވަނީ ހުށަހަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމައެހެންމެ، މި ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 280 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، މި އަހަރު އެޕްރީލް މަހު އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 35 މައްސަލައެއް މިވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި، އަންހެނުންނާއި ގުޅޭ 26 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 09 މައްސަލައެއް ހިމެނެއެވެ.

1412 ފޯނު ނަންބަރަކީ ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބޭ ކުދިން އަމިއްލައަށް އެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް 2009 ވަނަ އަހަރު ލޯންޗްކުރި 24 ގަޑިއިރުގެ ހިދުމަތްދޭ ހެލްޕްލައިން އެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިންތީގެ "ހަމަހަމަކަން ކަށަވަރު" ނިޝާން ހޯދުމަށް ހުށަހަޅަން ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ހަމަޖައްސައިދެނީ ޚަބަރު | 3 މަސް ކުރިންގެވެށި އަނިޔާގެ 33 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވޭ ޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފިޚަބަރު | 5 މަސް ކުރިން