logo
Bank of Maldives

Bank of Maldives

ޚަބަރު

ދެވަނަ ފަހަރަށް ބަންދުކުރި ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ދެވަނަ ފަހަރަށް ބަންދުކުރި ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

އިއްޔެ ބަންދުން ދޫކޮށްލުމަށްފަހު އިއްޔެ އަނެއްކާ ވެސް ހައްޔަރުކުރި ރައުދު އަޙްމަދު ޒިލާލްގެ ބަންދުގެ މުއްދަތުގެ ގޮތުގައި ފަސް ދުވަސް ޖަހައިފިއެވެ.

ރައުދު ބަންދުކޮށްފައިވަނީ މީގެ ކުރިން ވެސް އޭނާ ހައްޔަރުކުރި، މިދިޔަ މަހުގެ 18 ވަނަ ދުވަހު، ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޙައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލައިގައި އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި އެ ފަހަރު އޭނާގެ ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވާއިރު، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން އޭނާ ވަނީ ދޫކޮށްލާފައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން އިއްުޔެ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން އޭގެ ފަހުން ފުލުހުން ބުނި ގޮތުގައި ރައުދު ދޫކޮށްލީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.

އެ މައްސަލައިގައި ރައުދު ހައްޔަރުކުރީ، ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުގައެވެ.

އެގޮތުން ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުން ޔަގީންވާ ގޮތުގައި ރައުދަކީ އެންމެ ފަހުން ޔުމްނުއާއެކު އުޅުނު ކަމަށް ބުނާ މީހާ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭން ގެއްލިގެން ހޯދި 15 އަހަރުގެ ކުއްޖާ ފެނިއްޖެޚަބަރު | 20 ގަޑިއިރު ކުރިންހުޅުމާލޭން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | 21 ގަޑިއިރު ކުރިންއިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނެއްގައި ފުލުހުން ބައިވެރިވެއްޖެޚަބަރު | ދުވަހެއް ކުރިންއެންޕީއެމް ރިޕޯޓާ ގުޅިގެން މީޑިއާތަކުން ޚަބަރު ގެނެސްދިން ގޮތާ މެދު ފުލުހުންގެ ކަންބޮޑުވުން!ޚަބަރު | 2 ދުވަސް ކުރިން