logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި ގުޅޭ މަޝްވަރާތައް

އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި ގުޅޭ މަޝްވަރާތައް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ޔޫތު މިނިސްޓްރިއާ ގުޅިގެން އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ އަދި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ އެންޖީއޯތަކާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް އަދި މިނިސްޓަރ ފޯރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި:

1. އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދީގެން، ބައިވެރިވުން އިތުރުކުރުމާއި އިޖުތިމާޢީ ކަންކަމުގައި ޝާމިލުވާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު،

2. އެންޖީއޯތައް މެދުވެރިކޮށް މުޖުތަމަޢު ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އެންޖީއޯތަކުގެ ދައުރު ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު،

3. ގުޅިގެން މަސައްކަތްކުރާއިރު، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ވަސީލަތްތައް ފަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަކީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރާއި އެންޖީއޯތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް ވަރަށް މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށް ދެ ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިންތީގެ "ހަމަހަމަކަން ކަށަވަރު" ނިޝާން ހޯދުމަށް ހުށަހަޅަން ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ހަމަޖައްސައިދެނީ ޚަބަރު | 3 މަސް ކުރިންގެވެށި އަނިޔާގެ 33 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވޭ ޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފިޚަބަރު | 5 މަސް ކުރިން