logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބްރޫނޯ ފެނާންޑޭޒްގެ ސޮއި ހޯދުމަށް ސަޢޫދީއިން 200 މިލިޔަން ހުށަހަޅަނީ

އަބްދުﷲ ޣާނިމް
24 މޭ 2025 - 07:52
ކުލަބު ވޯލްޑްކަޕަށް ތައްޔާރުވުމަށް އަލް ހިލާލް އިން ދަނީ ބްރޫނޯގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުން
ކުލަބު ވޯލްޑްކަޕަށް ތައްޔާރުވުމަށް އަލް ހިލާލް އިން ދަނީ ބްރޫނޯގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުން

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ އޮއި ހޯދުމަށް ސަޢޫދީ ކްލަބް އަލް-ހިލާލް އިން 200 މިލިޔަން ޕައުންޑްގެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. ޑެއިލީ މެއިލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ބްރޫނޯއަށް އަންނަ ހަފްތާގެ ނިޔަލަށް ސުންގަޑިއެއް ދީފައިވެއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕްގެ ކުރިން ބްރޫނޯގެ ސޮއި ހޯދުމަށް އަލް-ހިލާލުން ބޭނުންވެއެވެ. މި މަހުގެ ނިޔަލަށް ބްރޫނޯގެ ޖަވާބު ބޭނުންވާ ކަމަށް އެ ކްލަބުން ބުނެފައިވެއެވެ. އަދި އޯލްޑް ޓްރެފަޑް ދޫކޮށް ދިއުމަށް ބްރޫނޯ އިޖާބަ ދޭނެ ކަމުގެ އުއްމީދު އެ ކްލަބުން ކުރަމުންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލް-ހިލާލުން މެންޗެސްޓަރ ޔުނައިޓެޑަށް 100 މިލިޔަން ޕައުންޑްގެ ޓްރާންސްފަރ ފީއެއް ދިނުމަށް ތައްޔާރަށް ތިބިއިރު، ބްރޫނޯއަށް ހަފްތާއަކު 700،000 ޕައުންޑްގެ އަސާސީ މުސާރައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ސޮއިކުރުމުގެ ބޯނަސްއާއި އެހެނިހެން އިނާޔަތްތައް ހިމަނައިގެން އަހަރަކު 65 މިލިޔަން ޕައުންޑަށް މި އަދަދު އިތުރުވެގެން ދާނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ފަރާތުން މީގެ ކުރިން ބުނެފައިވަނީ އެ ކްލަބުގެ ކެޕްޓަންއާއި މުހިންމު ކުޅުންތެރިޔާ ވިއްކާލަން ބޭނުމެއްނުވާ ކަމަށެވެ. ނަމަވެސް ޔޫރަޕާ ލީގް ފައިނަލްގައި ޓޮޓެންހަމްއަށް ބަލިވުމާ ގުޅިގެން ޗެމްޕިއަންސް ލީގުގެ އާމްދަނީގެ ގޮތުގައި ލިބެން އޮތް 100 މިލިޔަން ޕައުންޑް ގެއްލުމާ ގުޅިގެން ކްލަބުގެ މާލީ ޙާލަތުވަނީ ދަށްވެފައިވެއެވެ.

އަލް-ހިލާލުން އަންނަ ދުވަސްތަކުގައި ފަހުގެ ހުށަހެޅުމެއް ހުށަހަޅާނެ ކަމަށާއި، އެ ހުށަހެޅުމަށް ޖަވާބު ދިނުމަށް ބްރޫނޯއަށް 72 ގަޑިއިރުގެ މުއްދަތެއް ދޭނެ ކަމަށް ބުނެފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެހެން ކުޅުންތެރިންނަށް އަމާޒު ހިފާނެ ކަމަށްވެސް އެ ކްލަބުން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން