މޮޑްރިޗް އަދި އެންޗެލޯޓީގެ ރެއަލް މެޑްރިޑްގެ ރަން ޒަމާނަކަށް ނިމުމަކަށް
25 މޭ 2025 - 03:15

ރެއަލް މެޑްރިޑްގެ ތާރީޚުގެ އެންމެ ކާމިޔާބު ކޯޗު އެންޗެލޮޓީ އަދި ޓީމުގެ ތާރީޚުގެ އެންމެ ގިނަ ކާމިޔާބީ ހޯދި ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ރެއާލް މެޑްރިޑްއާއި އަލްވަދާޢު ކިޔައިފިއެވެ. 85،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރެއާލް ގެ ލެޖެންޑުންނަށް އަލްވަދާޢު ކިިޔާފައިފައިވަނީ ގިނަބަޔަކު ރޮއްވާލާފައެވެ.
ރެއަލް ސޮސިއެޑާޑް އެކު ލަ ލީގާގެ ފަހު މެޗަށްވުރެ ރޭ ބޮޑަށް ފާހަގަވެގެން ދިޔައީ އެފަރާތްތަކަށް ކީ އަލްވަދާޢުއެވެ. ރޭގެ މެޗުގައި އެމްބާޕޭ ވަނީ ދެ ލަނޑު ޖަހާފައެވެ. މިގޯލުތަކާއެކު އެމްބާއްޕޭއަށް ގާތްގަނޑަކަށް ލަލީގާގެ ޓޮޕްސްކޯރާރ ޔަޤީންވެފައިވާއިރު، ޔޫރަޕުގެ ރަންބޫޓު ޗާޓުގެ އެއްވަނައިގައި މިވަގުތު އޮތީ އެމްބާއްޕޭ އެވެ. މިޗާޓުގެ ތިންވަނައިގައި 3 ގޯލުގެ ތަފާތެއްގައި ސަލާޙު އޮތްއިރު، އޭނާއަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

Ad by Hajj Corporation
40 އަހަރުގެ ލޫކާ މޮޑްރިޗް 2012 ވަނަ އަހަރުގައި ޓޮޓްނަމް އިން ރެއާލް އަށް ބަދަލުވެފައިވާއިރު، ރެއާލް ގެ ތާރީޚުގައި އެންމެ ގިނަ ތަށި ކާމިޔާބުކޮށްފައިވާ މޮޑްރިޗް ރެއާލް މެޑްރިޑްގައި 28 ތަށި ވަނީ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި 6 ޗެންޕިއަންސް ލީގައި 5 ކުލަބު ވޯލްޑްކަޕުގެ އިތުރުން އޭނާވަނީ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. އަދި މީގެ އިތުރުން އަންނަ މަހުގައި ފަށާ ކުލަބު ވޯލްޑް ކަޕް ނެގުމުގެ ފުރުސަތު މޮޑްރިޗަށް ލިބިފައިވެއެވެ.
ރޭގެ މެޗުގެ 87 ވަނަ މިނެޓުގައި މޮޑްރިޗް ދަނޑުންފޭބިއިރު، ރެއާލްގެ ކުޅުންތެރިންނާއި އިނދިކޮޅު ޓީމުގެ ކުޅުންތެރިން ވަނީ މޮޑްރިޗްއަށް ގާޑް އޮފް އޯނާރ އެއް އަރުވާފައެވެ.
މޮޑްރިޗް ދަނޑުން ފޭބިގަދީގައި ގާޑްއޮފް އޯނާ އަރުވަނީ. ފޮޓޯ: ރެއާލް މެޑްރިޑް
ރެއާލްގެ ތާރީޚުގައި ފެނުނު އެންމެ ކާމިޔާބީ ކޯޗު އެންމެޗެލޯޓީ މިމަހުގެ 27 ގައި ބްރެޒިލްގެ ޤައުމީ ޓީމާއި ހަވާޅުވާއިރު، އޭނާވަނީ ރެއާލް އަށް ޖުލްލް 15 ތަށި ހޯދައިދީފައެވެ. މެޗަށްފަހު ސަޕޯޓަރުންނާއ ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު އެންޗެލޯޓީ ބުނެފައިވަނީ ކުލަބެއްގެ ގޮތުގައި ރެއާލް މެޑްރިޑް ނޫން އެހެން ކުލަބަކުން ދެން އޭނާ ނުފެންނާނެކަމަށެވެ.
އެންޗެލޯޓީ ރެއާލްގެ ރައީސްއާއެކު. ފޮޓޯ: ރެއާލް މެޑްރިޑް
ރެއާލްގެ ދެ ލެޖެންޑުން ރޭގައި އަލްވަދާޢު ކިޔާފައިވާއިރު، ރޭގައި 400 ވަނަ މެޗު ރެއާލްގެ ޖޯޒީގައި ކުޅުނު ވަޒްކޭޒް މިސީޒަނަށްފަހު ޓީމު ދޫކޮށްލާނެކަމަށް ބެލެވެއެވެ. މީގެއިތުރުން ވެސް ގިނަ ކުޅުންތެރިންތަކެއް މިޓްރާންސްފަރ މާކެޓްގައި ކުލަބު ދޫކޮށްލާނެކަމަށް ބެލެވެއެވެ.