logo
MPL

MPL

ކުޅިވަރު

ޗެލްސީ ތިންއަހަރުފަހުން ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
26 މޭ 2025 - 03:36
ޗެލްސީ 3 އަހަރުފަހުން  އެނބުރި ޗެންޕިއަންސް ލީގަށް ވަނީ ކޮލިފައި ވެފައި. ފޮޓޯ: ޗެލްސީ
ޗެލްސީ 3 އަހަރުފަހުން އެނބުރި ޗެންޕިއަންސް ލީގަށް ވަނީ ކޮލިފައި ވެފައި. ފޮޓޯ: ޗެލްސީ

ނޮޓިންގަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެ، ޗެލްސީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ. މިއީ 3 އަހަރު ފަހުން ޗެލްސީ މި ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ވާދަވެރި މުބާރާތުގައި ބައިވެރިވާންފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އެންޒޯ މަރެސްކާގެ ޓީމު ސީޒަންގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީއަތުން ބަލިވުމަށްފަހު، ބޮކްސިންގ ޑޭއާ ހަމައަށް ބަލިވެފައިވަނީ އެންމެ މެޗެއްގައި (ލިވަޕޫލްއާ ދެކޮޅަށް) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، 22 ޑިސެމްބަރުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ މެޗެކެވެ. މި މުއްދަތުގައި ޓީމުގެ ކުޅުމުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ސީޒަންގެ ފަހު ކޮޅުގައިވެސް ޓީމުގެ ޕަފޯމަންސް އެހާ ރަނގަޅެއް ނޫނެވެ. ނަމަވެސް ފަހު 6 މެޗުން 5 މެޗު ކާމިޔާބުކޮށް، އަދި ރޭގެ މެޗުވެސް ކާމިޔާބުކުރުމާއެކު، ޗެމްޕިއަންސް ލީގަށް ވަނީ ކޮލިފައިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 5 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 6 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 12 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިން