logo
E-Platinum
ކުޅިވަރު

އެމްޕީ ޝަރީ ކަޕް 2025 ރަސްމީކޮށް އިފްތިތާޙްކޮށްފި

އަބްދުﷲ ޣާނިމް
26 މޭ 2025 - 18:17
ސަރަފުވެރި މެހެމާނު ރައީސް އޮފީހުގެ  އޮނަރަބަލް މިނިސްޓަރ އަލްފާޞިލް ޢަލީ އާރިފު
ސަރަފުވެރި މެހެމާނު ރައީސް އޮފީހުގެ އޮނަރަބަލް މިނިސްޓަރ އަލްފާޞިލް ޢަލީ އާރިފު

ކެލާ ދާއިރާގެ ތިން ރަށަށް ޚާއްޞަކޮށްގެން ބާއްވާ "އެމްޕީ ޝަރީ ކަޕް 2025" މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މުބާރާތުގެ ޚާއްޞަ ލޯގޯ އިފްތިތާޙުކޮށްދެއްވީ މި ޙަފްލާގެ ޝަރަފުވެރި މެހެމާނު، ރައީސް އޮފީހުގެ އޮނަރަބަލް މިނިސްޓަރ އަލްފާޟިލް ޢަލީ ޢާރިފެވެ.

މިނިސްޓަރ ޢަލީ ޢާރިފް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން ދުންފަތާ ދެކޮޅަށް ގެންގުޅުއްވާ ވިސްނުންފުޅާއި ކުޅިވަރާއި ޒުވާނުންނާ ގުޅުންހުރި ސިޔާސަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މުބާރާތުގެ ރަސްމީ ލަވަ ނެރެދެއްވަމުން ކެލާ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދުންފަތާ ދުރު، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ތިން ރަށުގެ ޒުވާނުންނަށް ވާދަވެރި ކުޅިވަރު މުބާރާތްތަކެއް ބާއްވައިދީ، ކުޅިވަރުގެ ހުނަރުވެރިކަން ތަރައްޤީކޮށްދިނުން ކަމަށެވެ.

0F8A2777[2].jpg

ހަފްލާގެ ތެރެއިން މިނިސްޓަރ އަލްފާޞިލް ޢަލީ އާރިފު އާއެކު އެމްޕީ އަބްދުﷲ ޝަރީފުއާއެކު

 

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހއ. ފިއްލަދޫގައެވެ. މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މެޗުތައް ކޮންމެ ދުވަހެއްގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުޓްސަލް މެޗުތައް ރޭގަނޑު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

0F8A2279.jpg

މުބާރާތް އިފްތިތާޙު ކުރުމަށް ބެއްވި ޙަފްލާގެ ތެރެއިން.

 

މުބާރާތުގެ މެއިން ސްޕޮންސަރގެ ގޮތުގައި ސިންގަރ ކުންފުނި ހަމަޖެހިފައިވާއިރު، މީޑިއާ ޕާޓްނަރގެ ގޮތުގައި އެމްއެމް ޓީވީއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. އިފްތިތާޙީ ޙަފްލާގައި ރައީސް އޮފީހުގެ މިނިސްޓަރުންގެ އިތުރުން، ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިންނާއި، ކެލާ ދާއިރާގެ ޒުވާނުންނާއި، ކުޅިވަރު ޢާއިލާގެ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 8 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 11 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 14 ދުވަސް ކުރިންއިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޗެންޕިއަންކަން އެމްޕީއެލްއަށް، އަންހެން ވެމްކޯއަށްކުޅިވަރު | މަހެއް ކުރިން