logo
Bank of Maldives

Bank of Maldives

ޚަބަރު

އުއްތަމަ ފަނޑިޔާރު ގުޅުއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ނަޝީދު

އާމިނަތު ޝަފާ
27 މޭ 2025 - 04:16
އުއްތަމަ ފަނޑިޔާރު ގުޅުއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ނަޝީދު

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރާ މުޢާމަލާތްކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ރައީސް ނަޝީދަށް ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން ނެެރުއްވި ބަޔާނެއްގައެވެ.

" އަލިފުން ޔާޔަސް އޭގައި އެހެރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު".
Ad by Hajj Corporation

Ad by Hajj Corporation

 

އުއްތަމަ ފަނޑިޔާރަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫންކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އުފުއްލަވާނެ ބޭފުޅެއްކަމާމެދު ކުޑަވެސް ޝައްކެއް ނެތް ބޭފުޅެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީވެސް އެސަބަބާހުރެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ނޫހަކުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި 6 ވަނަ އިސްލާހްގެ މައްސަލަ ގާނޫނީ ވަކީލު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ވެއްދުމުން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓަރ ރައުފާ ހައިދަރު ނިންމެވި ކަމަށެވެ.

އަދި އެ ގޮތައް ނިންމަވާ އެ ވާހަކަ އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން، މުއުތަސިމް އަދުނާން ރައީސް ނަޝީދު އަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމަށެވެ. އެއާ އެކު އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު މުއުތަސިމް އަށް ދެންނެވި ކަމަށް ނޫހުންވަނީ ތުހުމަތުކޮށްފައެވެ.

ޕޯސްޓް ނިންމާލަމުން ރައީސް ނަޝީދުވަނީ އެފަދަ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 11 ދުވަސް ކުރިންއެމްޑީޕީން ތަޖުރިބާ ކުރަމުން އަންނަ އުނދަގޫ ދުވަސްތަކުން އަރައިގަތުމާމެދު ޝައްކެއް ނުކުރަން: ރައީސް ނަޝީދުޚަބަރު | 17 ދުވަސް ކުރިންރައީސް ނަޝީދަށް އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއްޚަބަރު | 18 ދުވަސް ކުރިންމާލެ މީހުންނަށް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި: ރައީސް ނަޝީދުޚަބަރު | މަހެއް ކުރިން