logo
Bank of Maldives

Bank of Maldives

ޚަބަރު

30 އަހަރު ތެރޭގައި އިތުރުވީ 130 އެނދު، އެންމެ ދޮޅު އަހަރުން 194 އެނދު އިތުރުކޮށްފި

އަޙްމަދު ޒަލީފް
27 މޭ 2025 - 13:52
30 އަހަރު ތެރޭގައި އިތުރުވީ 130 އެނދު، އެންމެ ދޮޅު އަހަރުން 194 އެނދު އިތުރުކޮށްފި

މިވީ 30 ވަރަކަށް އަހަރުގެ ތެރޭގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރުކުރެވުނީ 130 އެނދުކަމަށާއި، ނަމަވެސް ފާއިތުވި ދޮޅު އަހަރު ތެރޭގައި އެ ހޮސްޕިޓަލަށް 194 އެނދު އިތުރުކުރެވިފައިވާކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް މިހެން ވިދާޅުވީ އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ މަލްޓި- ސްޕެޝަލިޓީ ސަރޖިކަލްް ވިންގް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަމުންނެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުން ގިނަ ކަންކަން ހާސިލްކޮށްފައިވާކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ އީއާރުއެއް ޤާއިމްކޮށްފައިވާކަމަށާއި ދަރުމަވަންތައް ހޮސޕްިޓަލްގައި ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް އައިވީއެފް ހެދުމުގެ ޚިދުމަތް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އައިޖީއެމްއެޗްގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް ޚިދުމަތައް ގެނެސްފައިވާކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ކެތްލެބްވެސް ޚިދުމަތަށް ގެނެސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ

Ad by Hajj Corporation

Ad by Hajj Corporation

އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްއަށް 119 އެނދު އިތުރު ކުރެވުނުކަމަށެވެ. އަދި މިއަދު އިތުރުކުރި 75 އެނދާއެކު އެ ހޮސްޕިޓަލުގައި ބޭނުންކުރާ އެނދުގެ އަދަދު 510 އަށް އިތުރުވެފައިވާކަމަށް ސީއީއޯ އިބްރާހިމް އަބްދުއްރައްޒަޤު ޙަލީމް ވިދާޅުވިއެވެ.

ހޮސްޕިޓަލްތަކަށް ގެންނަ އުމްރާނީ ތަރައްޤީގެ އިތުރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށްވެސް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިވީ ދޮޅު އަހަރުދުވަހުގެ ތެރޭގައި 411 މުވައްޒަފުން ރެކްރޫޓް ކުރަން ހުއްދަ ލިބިފައިވާކަމަށާއި މީގެ ތެރެއިން ބޮޑުބައެއް މިހާރު ރެކްރޫޓްކޮށްފައިވަކަމަށްވެސް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމްޚަބަރު | 8 ގަޑިއިރު ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފިޚަބަރު | 14 ގަޑިއިރު ކުރިންރާއްޖެ-އެމެރިކާ ގުޅުން ދެމެހެއްޓިފައި ވަނީ ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން: ރައީސްޚަބަރު | ދުވަހެއް ކުރިން