logo
ޚަބަރު

ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުގައި ފަތުރުވެރިން ގަޔާވާނެ ގޮތަށް ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވޭ: މުއްތަލިބް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މޭ 2025 - 15:27
''ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި ފަތުރުވެރިން ގަޔާވާނެ ގޮތަށް ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވޭ''

ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުގައި ފަތުރުވެރިން ގަޔާވާނެ ގޮތަށް ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވާނެކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓްރު މިފަދައިން ވިދާޅުވެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މީހަކު ހޯދަން އެދުނު މައުލޫމާތަކާއި ގުޅިގެން ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ދިން ޖަވާބާއި މެދު ހިތްހަމަނުޖެހިގެން އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީހަކުކޮށްފައިވާ ޕޯސްޓްގައިވާ ސިޓީގައި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން އޭނާ އަށް ދިން ޖަވާބުގައި ''މި މިނިސްޓްރީން ކުރިއަށް ގެންދާ މަގު ތަރައްގީކުރުމުގެ މަޝްރޫޢުތަކުގައި އެއްވެސް ކައުންސިލަކުން ކުލަކުލައިގެ ގައު އެތުރުމަކަށް އެދިފައިނުވާ ވާހަކަ ދަންނަވަމެވެ.'' ބުނެފަވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދީފައި ވަނީ ރަނގަޅަކަށްނޫން ކަމަށެވެ. އަދި އެކަން އިސްލާޙުކޮށް އަލުން ޖަވާބު ދިނުމަށް އަންގަވާފައިވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވެފަވެއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މިހާތަނަށް ސޮއިކޮށްފައިވާ މަގު ހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން އއ.ތޮއްޑޫ އިން ރަސްމީކޮށް ސިޓީއަކުން 8 ޖަނަވަރީ 2024 ގައި އެކަމަށް ( ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް ) އެދިފައިވާކަމަށެވެ.

''މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވެއެވެ.'' މިނިސްޓްރު ވިދާޅުވެފަވެއެވެ.

މިވަގުތު ރާއްޖޭގެ ގިނަ ރަށްތަކެއްގައި މަގު ހެދުމުގެ މަޝްރޫޢު ހިނގަމުންދާއިރު، ރައްޔިތުންގެ އަޑުއަހައިގެން މަޝްރޫޢުތައް ހިންގުމަށް މި ސަރުކާރުން ބޮޑު އިސްކަމެއްދޭކަން މިނިސްޓްރުގެ މި ވިދާޅުވުމުން ވެސް ވަރަށް ބޮޑަށް ސާފުވެގެންދެއެވެ. އަދި މި ސަރުކާރުން ދަނީ އެއްވެސް ފޮރުވުމެއްނެތި ކަންކަން ހާމަކޮށް އަންގައިދެމުންނެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރުޚަބަރު | މަހެއް ކުރިންގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ ޚަބަރު | މަހެއް ކުރިންއަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީޚަބަރު | މަހެއް ކުރިންރަށްވެހި ސްކީމަށް ބޮޑު ތަރުޙީބެއް: ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް ފަށައިފި ޚަބަރު | 2 މަސް ކުރިން