logo
ޚަބަރު

މާލޭ ސިޓީ ކައުންސިލަށް ދުފާ އެއްޗެހި ވެއްދުން މަނާ

އަޙްމަދު ޒަލީފް
28 މޭ 2025 - 15:10
މާލޭ ސިޓީ ކައުންސިލަށް ދުފާ އެއްޗެހި ވެއްދުން މަނާ

މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްޗެއް ހަފްލާއަކަށް، ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ އެއްޗެއް ވެއްދުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި މި ނިންމުން ނިންމާފައިވާއިރު، މިއީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން އެކަމާ ގުޅޭގޮތުން މެންބަރުންގެ ގޮތުގައި މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުންނަށް ތާޢީދު ކުރައްވާ ގިނަ މެމްބަރުން ވާހަކަފުޅު ދައްކާފައިވާއިރު، ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަމަށް މި ސަރުކާރުންވެސް އަންނަނީ މުޙިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

އެގޮތުން، ވޭޕާއި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުންވެސް ޤާނޫނަކުން މިހާރު ވަނީ މަނާކޮށްފައެވެ.

ހަމައެހެންމެ، 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލްވެސް ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދިންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ.

ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުންވެސް މަނާވާނެއެވެ. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ.

މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ޤާނޫނުގައި ކަނޑައެޅިފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | 19 ދުވަސް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | މަހެއް ކުރިންއޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ ޚަބަރު | 2 މަސް ކުރިންހުކުރު ދުވަސްތަކުގެ ހެނދުނު މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ ޚަބަރު | 2 މަސް ކުރިން