logo
MPL

MPL

ޚަބަރު

"ހުވަހަންދޫ އެއްވެސް ބަޔަކަށް ނުދެން، ވަގުތީ ގޮތުން އެރަށް ބަލަހައްޓަނީ އަތޮޅު ކައުންސިލުން"

އަޙްމަދު ޒަލީފް
29 މޭ 2025 - 11:22
"ހުވަހަންދޫ އެއްވެސް ބަޔަކަށް ނުދެން، ވަގުތީ ގޮތުން އެރަށް ބަލަހައްޓަނީ އަތޮޅު ކައުންސިލުން"

ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައި ހއ.ހުވަހަންދޫ އެއްވެސް ބަޔަކަށް ނުދޭ ކަމަށާއި، ހއ.އަތޮޅު ކައުންސިލުން އެ ރަށް ބަލަހައްޓަމުން ގެންދަނީ ވަގުތީ ގޮތުން ކަމަށް  ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވީ އަޑި ނޭގޭ ގޮތަށް ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ކޭޑީ އެންޓަރޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދީފި ކަމަށް ބުނެ އަމިއްލަ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ހަގީގަތާ ޚިލާފު ގިނަ މައުލޫމާތުތައް ހިމެނޭތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ނެރުނު ބަޔާނެއްގައެވެ.

މީގެއިތުރުން "އިންޓަރގްރޭޓެޑް އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި ދަނޑުވެރިކަން ކުރުމަށް ހއ. ހުވަހަންދޫ ދޫކުރި އެއްބަސްވުމުގައި ސޮއިކޮށް ރަށް ހަވާލު ކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ކަމަށް އާންމުކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާއިރު އެވުޒާރާގެ ދަށުން ހަދާ މިފަދަ އެއްބަސްވުންތަކުގައި އާންމު އުސޫލުގެ މަތިން ސޮއިކުރައްވަނީ މިނިސްޓަރ ނޫންކަމުގައި ވިދާޅުވެފައެވެ

Ad by Hajj Corporation

Ad by Hajj Corporation

އަދި މިފަދަ އެއްބަސްވުމެއްގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ސޮއިކޮށްފައިނުވާ ކަމުގެ ޔަގީންކަން ވެސް އެވުޒާރާއިން ވަނީ ދެއްވާފައެވެ.

ހުވަހަންދޫ އަކީ ވަގުތީގޮތުން އެރަށް ބެހެލެއްޓުމަށް އެއަތޮޅުގެ އަތޮޅު ކައުންސިލްއާ މިމިނިސްޓްރީން ޙަވާލުކޮށްފައިވާ ރަށެކެވ.ެ އެވުޒާރާއިން ރަށްތައް ކުއްޔަށް ދޫކުރަނީ ވަކި ގަވައިދަކާއި އުސޫލެއްގެމަތިން ކަމުން އެފަދަ ނިންމުމެއް އެ ވުޒާރާއިން ނިންމާ ނަމ،ަ އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެވެ.

އެގޮތުން ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށާއި މީޑިއާތަކަށް މައުލޫމާތު ހޯދާ ލިބިގަތުމަށް ވެސް ފަސޭހަ އުސޫލެއްގެ ދަށުންނެވެ އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ޢާއްމު ފަރުދުންނަށް ލިބިދެވޭ ޙައްޤަށް މި އެވުޒާރާއިން އަބަދުވެސް އިހްތިރާމް ކުރާނެކަމުގެ ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފިޚަބަރު | 2 ގަޑިއިރު ކުރިންއޮޅުހިޔާ ކްލިނިކަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދަނީޚަބަރު | އަހަރެއް ކުރިންމާލެއިން ބުޅާ ގެއްލޭ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި ޚަބަރު | އަހަރެއް ކުރިން"ގާލްސް" ތަމްރީންތައް 2 ރަށެއްގައި ކުރިޔަށް، އިތުރު ރަށްތަކުގައި ފެށުމަށް ތައްޔާރުވަނީޚަބަރު | އަހަރެއް ކުރިން