logo
MPL

MPL

ޚަބަރު

މަސްތުވާތަކެއްޗާއެކު މިލަންދޫން ތިން މީހަކު ހައްޔަރަށް

އަޙްމަދު ޒަލީފް
29 މޭ 2025 - 12:09
މަސްތުވާތަކެއްޗާއެކު މިލަންދޫން ތިން މީހަކު ހައްޔަރަށް

ށ. މިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ވެނީލާހައުސް، އަހްމަދު އާލިމް (32އ) އާއި ށ. މިލަންދޫ / އިރުމަތީގެ، މުޙައްމަދު ސާމިރު (37އ) އާއި ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ، މިމަހުގެ 27 ވަނަ ދުވަހު، މިލަންދޫ ޕޮލިސްް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެރަށުގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ކަރުދާސްކޮޅު ފެނިފައިވާކަމަށެވެ.

މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިންތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | 5 ދުވަސް ކުރިންމަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާ ސާމާނާއެކު ރަސްދޫން 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ދުވަސް ކުރިންފުލުސް އޮފިސަރުގެ ގައިގައި ޖެއްސީ ގަސްދުގައި, އިތުރު މީހުންވެސް ބައިވެރިވޭ: ސީޕީޚަބަރު | 7 ދުވަސް ކުރިން