logo
Bank of Maldives

Bank of Maldives

ޚަބަރު

ފްލެޓާ ގުޅޭ ދާއިމީ ލިސްޓެއް ދެން ނުނެރޭނެ، ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަމުންދާނެ: މުއްތަލިބް

ފްލެޓާ ގުޅޭ ދާއިމީ ލިސްޓެއް ދެން ނުނެރޭނެ، ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަމުންދާނެ: މުއްތަލިބް

ފްލެޓާ ގުޅޭ ދާއިމީ ލިސްޓެއް ދެން ނުނެރޭނެކަމަށާއި، ޝަކުވާ ފޯމުތައް ރިވިއުކުރުމަށް ފަހު ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަމުންދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

 ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ މިދިޔަ އަހަރުގެ ނޮވެންބަރުމަހު ނެރުނު ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ޝަރުތު ހަމަނުވާ މީހުންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވަނީ މާލޭގައި ދިރިއުޅުނު މުއްދަތު ހާމަކޮށްދިނުމުގައި ހުރި ފުށުއެރުންތަކުންކަމަށް ވިދާޅުވެ ވަޒީރުވަނީ ލިސްޓުގައި ޝަތުރު ހަމަނުވާ މީހުންނަށް އެކަން އަންގަމުންދާނެކަމަށް ވިދާޅުވެފައެވެ.

1000 ހައުސިން ޔުނިޓްގެ އިމާރާތުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޔޫޓިލިޓީ މަސައްކަތްތައްކަން ފާހަގަކުރައްވައި ވަޒީރުވަނީ ޖުލައިމަހު އެންމެ ފުރަތަމަ މީހުންނަށް ފްލެޓްތައް ހަވާލުކޮށް އެތާ އުޅެވޭވަރުވާނެކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ ފްލެޓްތައް ނިންމާ ހަވާލުކުރުންކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލައި އަދި މިހާރު މިސަރުކާރުން ވެސް އަމަލުކުރަން ނިންމާފައިވާ ދާއިމީ ލިސްޓުގައި ބައެއް މައްސަލަތައް ފާހަގަވެފައިހުރިކަމަށެވެ.

އެފަދަ ފަރާތްތައްކަަމަށް މިނިސްޓަރ މުއްތަލިބް ފާހަގަކުރެއްވި، 391 ފަރަތަކީ ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ފަރާތްތެވެ. އަދި 302 މީހަކީ މިހާރު ވެސް މާލޭގައި ބޯހިޔާވަހިކަމެއް ހުރި މީހުންގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅީފަޅުން 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފިޚަބަރު | 9 ދުވަސް ކުރިން''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 13 ދުވަސް ކުރިން "ބޯހިޔާވަހިކަން އެންމެނަށް" ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 15 ދުވަސް ކުރިންވިލުފުއްޓާއި ތުޅާދޫން ދޫކުރާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 17 ދުވަސް ކުރިން