logo
Bank of Maldives

Bank of Maldives

ޚަބަރު

ޢާންމުންނަށް ބޮޑު ލުޔެއް: ކަރަންޓުގެ ޓެރިފް ރޭޓް ކުޑަކުރަން ނިންމަވާފައިވާކަން ރައީސް ހާމަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި އަންނަ މަހުން ފެށިގެން ކަރަންޓު ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ނިންމަވައި، އެކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކު ރައީސް ވަނީ ގެންނަވަން ނިންމަވާފައިވާ ބަދަލުތަކުގެ ތަފްސީލުތައް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން:

  • 0 - 100: މިހާރުގެ ރޭޓް އަކީ 1.50 ނަމަވެސް އެ ރޭޓް 1.25 އަށް ކުޑަކުރުމަށް
  • 101 - 200: މިހާރުގެ ރޭޓް އަކީ 1.70 ނަމަވެސް އެ ރޭޓް އަކީ 1.50 އަށް ކުޑަކުރުމަށް
  • 201 - 300: މިހާރުގެ ރޭޓްއަކީ 2.15 ނަމަވެސް އެ ރޭޓްއަކީ 1.50 އަށް ކުޑަކުރުމަށް
  • 301 - 400: މިހާރުގެ ރޭޓްއަކީ 2.50 ނަމަވެސް އެ ރޭޓްއަކީ 1.50 އަށް ކުޑަކުރުމަށް
  • 401 - 500: މިހާރުގެ ރޭޓްއަކީ 2.95 ނަމަވެސް އެ ރޭޓްއަކީ 2.66 އަށް ކުޑަކުރުމަށް
  • 501 - 600: މިހާރުގެ ރޭޓްއަކީ 3.55 ނަމަވެސް އެ ރޭޓްއަކީ 3.20 އަށް ކުޑަކުރުމަށް
  • 600 އިން މަތި: މިހާރުގެ ރޭޓްއަކީ 4.25 ނަމަވެސް އެ ރޭޓްއަކީ 3.83 އަށް ކުޑަކުރުމަށް

 

ރައީސް އެފަދައިން ހާމަކުރެއްވިއިރު، މިފަހަކުން ކަރަންޓު ބިލުތައް ބޮޑުވެގެން އާންމުންގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން މި ބަދަލުތަކާއެކު އާންމުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނެ ކަމުގައި ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 3 ދުވަސް ކުރިންރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުގެ ސަބަބުން: ސްޓެލްކޯޚަބަރު | 6 މަސް ކުރިންމަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 7 މަސް ކުރިން މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯޚަބަރު | 7 މަސް ކުރިން