ޗެންޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީއާއި އިންޓަރ މިލާން މިރޭގައި ނިކުންނަނީ


31 މޭ 2025 - 06:09
ޔޫއެފާ ޗެމްޕިއަންސް ލީގުގެ 2024/25 ވަނަ އަހަރުގެ ސީޒަން ނިންމާލުމުގެ ގޮތުން މިއަދު ރޭ މިއުނިކްގެ އެލިއަންޒް އެރީނާގައި ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާއި އިންޓަރ މިލާން ވާދަކުރަން ނިކުންނާނެއެވެ. މިއީ ޔޫރަޕިއަން ކުލަބު ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތުގެ ފައިނަލެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2020 ގައި ފައިނަލަށް ދަތުރުކުރި ޕީއެސްޖީ ވަނީ ބަޔާން މިއުނިކު އަތުން ބަލިވެފައިވެއެވެ. ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކެއަށް މިއީ އޭނާގެ ކެރިއަރުގައި އިތުރު ކާމިޔާބީއެއް ހޯދުމުގެ ފުރުސަތެކެވެ. ޅަ އުމުރުގައި ރިއަލް މެޑްރިޑުން ދޫކޮށްލުމަށްފަހު، ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ޤަތަރު ސްޕޯޓްސް އިންވެސްޓްމަންޓްސްގެ ބެލުމުގެ ދަށުން ހިންގާ ޕީއެސްޖީ ފައިނަލަށް ދަތުރުކުރީ އާސެނަލްއާ ކުޅުނު ސެމީ ފައިނަލް މެޗުން 2-1 އިން ކާމިޔާބުކޮށް، އެގްރެގޭޓް ސްކޯރ 3-1 އިން ކާމިޔާބުކޮށްގެންނެވެ. އިންޓަރ މިލާން ފައިނަލަށް ދަތުރުކުރީ ބާސެލޯނާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގައި އެގްރެގޭޓް ސްކޯރ 7-6 އިން ކާމިޠާބުކޮށްގެންނެވެ.
ޕީއެސްޖީގެ ފްރާންސްގެ ތަރި އުސްމާން ޑެމްބެލޭ މި ސީޒަންގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުދައްކާ ވަރުގެ ފޯމެއް ދައްކާފައެވެ. 27 އަހަރުގެ ޑެމްބެލޭ މި ސީޒަންގައި ކުޅުނު 50 މެޗުން ވަނީ 32 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އިންޓަރ މިލާންގެ ފްރާންސްގެ މާކަސް ތުރާމް ވަނީ 52 މެޗުން 18 ލަނޑު ޖަހާފައެވެ.
75،000 މީހުންގެ ޖާގައިގެ އެލިއަންޒް އެރީނާގައި ބާއްވާ މި މެޗަކީ 2012 ގެ ފަހުން ޖަރުމަނުގައި ބާއްވާ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ. މި ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް މިރޭ ކާމިޔާބު ލިބުނަސް އެއީ އެ ޓީމެއްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއަކަށް ވެގެންދާނެއެވެ. އެގޮތުން އިންޓަރ މިހާތަނަށް 3 ފަހަރު ޗެންޕިއަންސްލީގު ކާމިޔާބުކޮށްފައިވާއިރު، މިރޭގެ ފައިނަލް މެޗު ޕީއެސްޖީ އިން ކާމިޔާބުކޮށްފިނަމަ، މިއީ އެކުލަބުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
ޗެންޕިއަންސް ލީގުގެ ފައިނަލް ކުޅެވޭނީ މިރޭ ރާއްޖެގަޑިން ދަންވަރު 12:00 ގައެވެ.
އިތުރު ލިޔުންތައް

އިންޓަރ މިލާން އިން މެންޗެސްޓަރ ސިޓީ މޮޅުވިޔަ ނުދިން
9 މަސް ކުރިން
ބްރޭކަކަށްފަހު ޗެންޕިއަންސް ލީގުގެ ބޮޑު ރެޔެއް.
7 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
7 މަސް ކުރިން