ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީ
ފ. މަގޫދޫގެ ތަރައްގީގެ އެންމެ މައިގަނޑު މަސައްކަތް ކަމުގައިވާ އެއާޕޯޓު -- ފޮޓޯ: އަޙްމަދު ސަދޫފް / މެންދުރު

31 މޭ 2025 - 07:44
ކުރިޔަށް އޮތް ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން، ފ. މަގޫދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން އެ ރަށުގެ ކައުންސިލުން ހާމަކޮށްފިއެވެ.
މަގޫދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މިއަހަރުގެ އީދު ފާހަގަކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެވިފައިވަނީ ސަގާފީ ކުޅިވަރުތަކަށާއި، ރަށުގެ އާދަކާދަތައް ދިރުވުމަށެވެ.
އެގޮތުން އެ ރަށުގެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި ތަފާތު ގިނަ ކުޅިވަރުތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ހަވާ އެރުވުމާއެކު ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި، ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތައް ހިމެނެއެވެ.
އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި، މިއަހަރު ރަށުން ބޭރުގެ ފަރާތްތަކެއް ސަގާފީ ކުޅިވަރުތަކުގައި ބައިވެރިވުމަށް ގެނެވިފައިވާކަން ފާހަގަކުރެވެއެވެ. އޭޣެ ތެރޭގައި ދިއްސަރު ގުރޫޕްގެ ދަފިނެގުން އަދި ދިއްގަރު ގުރޫޕްގެ ލަނގިރިޖެހުން ހިމެނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ސަގާފަތާއި އާދަކާދަތައް އިތުރަށް ފުޅާވެ، އާންމުންނަށް އޭގެ މުހިންމުކަން އަންގައިދިނުމަށް މަގުފަހިވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ހަރަކާތުގެ ތެރޭގައި ޢީދު ކޭމަށް ތަކެތި ހަވާލުކުރުން، މީރު ނެރުން އަދި ޢީދު ހުޅިފާހަގަކޮށްލެވެ.
މީގެ އިތުރުން، ޒަމާންތަކަކަށްފަހު މިއަހަރުގެ އީދު ފާހަގަކުރުމުގެ ތެރޭގައި "ބޮޑު މާލޫދު" ބޭއްވުމަށް ހަމަޖެހިފައިވާކަން ވެސް ކައުންސިލުން ފާހަގަކުރއެވެ. މިއީ ރަށުގެ އާދަކާދަތައް އާލާކޮށް ދިރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ގިނަ ރައްޔިތުން ދެކެއެވެ.
އެގޮތުން މަގޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް ހަމީދު މޫސާ ވިދާޅުވި ގޮތުގައި،މިއަހަރުގެ އީދު ފާހަގަކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ސަގާފަތާއި އާދަކާދަތައް ދިރުވައި، ޒުވާނުންނަށް ކާބަފައިންގެ އާދަކާދަތައް ދަސްކޮށްދިނުމަށެވެ. އަދި އެކަންކަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ހަމީދު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ޢީދު ފާހަގަކުރުމަށް ކައުންސިލުން ރާވާފައިވާ މި ހަރަކާތްތަކުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމަށް ވެސް ކުރިއެރުން ލިބޭނެކަމަށް ކައުންސިލުން އުންމީދުކުރެއެވެ. އަދި މިފަދަ ހަރަކާތްތައް ކުރިއަށް އޮތް އަހަރުތަކުގައިވެސް ހިންގުމަށް ރޭވިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
އިތުރު ލިޔުންތައް

ފަހަތުން އަރައި ފީއަލި ބަލިކޮށް މަގޫދޫއިން ގޯލްޑަން ފުޓްސަލް މުބާރަތުގެ ފެށުން ރަނގަޅުކޮށްފި
5 މަސް ކުރިން
ގޯލްޑަން ފުޓްސަލް މުބާރާތް: ފ އަތޮޅުގެ 'ކްލޭޝް އޮފް ދަ ޗެންޕިއަންސް' ގެ ކުރިމަތިލުން ހަމަހަމަ
5 މަސް ކުރިން
ފާފުއަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިއަދު ފަށަނީ
2 މަސް ކުރިން