logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސްކޭމްތަކުގެ ސަބަބުން ގެއްލުނު 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

 ސްކޭމްތަކުގެ ސަބަބުން ގެއްލުނު 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

ފާއިތުވި ހަފްތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 18 އިން 30އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 899,348.43 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 147,132.00 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

8 މައްސަލައިގައި ޖުމުލަ ގެއްލުނު ފައިސާ އަނބުރާ ހޯދިފަވާއިރު 3 މައްސަލައެއްގައި އެކިމިންވަރަށް އަނބުރާ ފައިސާ ހޯދިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ހާމަކޮސްފައިވާގޮތުގައި އެ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ، އީ-ކޮމާސްގެ، 25 މައްސަލަ، ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލަ، ވިޝިންގ ސްކޭމް (ފޯނުން ގުޅައިގެން) 4 މައްސަލަ، ފިޝިންގ ލިންކް ބޭނުންކުރި 2 މައްސަލަ އަދި އެހެނިހެން - 3 މައްސަލައެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމާއި އޯޓީޕީ އަދި ޒާތީ މަޢުލޫމާތު ހިއްސާނުކުރުމާއި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުން އަދި ވިޔަފާރި ނުވަތަ ފައިސާމާރުކުރުމުގައި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީޚަބަރު | 4 ދުވަސް ކުރިންސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | މަހެއް ކުރިން މާކެޓް ޕްލޭސް މެދުވެރިކޮށް ފައިސާ ހޯދި ދެ މީހަކު ހައްޔަރު ކޮށްފިޚަބަރު | 2 މަސް ކުރިންސްކޭމްގެ ތުހުމަތުގައި ހައްޔަރުކުރި އަޒުރާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 3 މަސް ކުރިން