logo
Bank of Maldives

Bank of Maldives

ޚަބަރު

ފެންނަމުން ދަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ މަންޒަރު: ފަހުމީ

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މޭ 2025 - 18:52
ފެންނަމުން ދަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮ ވެރިކަމެއްގެ މަންޒަރު: ފަހުމީ

ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި ކަށަވަރުވަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރަންޓުގެ އަގު ދަށްކުރެއްވުމަށް ނިންމަވައި އެކަން ޢިއުލާންކުރެއްވުމާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުމީ ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސް މުޢިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވާފައި ކަމަށެވެ.

"ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިޢުލާންކުރެއްވި ކަމަށއްވި ކަމަށްޓަކައި، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރަން ނިންމި ނިންމުން ދެމެހެއްްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

ކަރަންޓު ޓެރިފް ރޭޓުތައް މާދަމާއިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި ރޭ ރައީސް ވަނީ އާންމު ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ ގިނަ ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ކަރަންޓުގެ އަގު ދަށްވުމަކީ ގޭބިސީތަކަށް ލިބޭނެ ބޮޑު ލުޔެކެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | 17 ގަޑިއިރު ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | ދުވަހެއް ކުރިން "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިން "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދައިފިޚަބަރު | ދުވަހެއް ކުރިން