އިންޓަރ ހަމަބިމަށް ތިރިކޮށް ޕީއެސްޖީގެ ތާޜީހުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންސްލީގު ކާމިޔާބުކޮށްފި

ޕީއެސްޖީއިން ތާރީޚުހަގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ވަނީ ކާމިޔާބުކޮށްފައި. ފޮޓޯ: ސްކައި

01 ޖޫން 2025 - 03:13
ޖަރުމަނުގެ މިއުނިހުގައި ރޭގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އިން އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ލުއިސް އެންރިކޭގެ ޒުވާން ޓީމަށް މިއީ ދިގު ދަތުރެއްގެ ނިމުމެއް ކަމުގައިވީ ނަމަވެސް، މިއީ އައު ދައުރެއްގެ ފެށުމެއް ކަމުގައި ފާހަގަކުރެވެއެވެ. މިއީ ޤަތަރުގެ ޝާހީ އާއިލާއިން 2011 ވަނަ އަހަރު އެންމެ 70 މިލިޔަން ޕައުުންޑަށް އޭރު ކުޑަކުޑަ ޓީމެއްގެގޮތުގައި އޮތް މާގިނަބަޔަކަށް ނޭނގޭ ޕީއެސްޖީ ޤަތުމަށްފަހު، ކުލަބަށް ބިލިޔަނުން އިންވެސްޓު ކުރުމަށްފަހު، ކުލަބަށް ދުނިޔޭގެ އެންމެ ނަންމަޝްހޫރު ކުޅުންތެރިން ގެނައުމަށްފަހު، އެކުލަބުން މި ތަށި ހޯދަން ކުރި ދިގު ތަދުރުގެ ފޮނި މީރުކަން ލިބުނުރެއެކެވެ. ރޭގެ މެޗުގައި ގޯލުތަށާް ޖެހީ ހަކީމީގެ އިތުރުން ޑޫއޭ އާއި ކަވަރަސްކޭލިއާ އާއި މަޔޫލޫއެވެ.
އެވްރެޖްކޮށް 23 އަހަރުގެ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ޕީއެސްޖީ ރޭގައި ކުރިމަތި ލާފައިވަނީ އެވަރެޖުކޮށް 29 އަހަރުގެ ކުލުންތެރިން ހިމެނޭ އިންޓަރ މިލާނާއިދެކޮޅަށެވެ. މިސީޒަނުގައި ޕީއެސްޖީގެ ފުރަތަމަ 11 އަކީ މިމުބާރާތުގައި އެވަރެޖުކޮށް ޓީމަކުން ބޭނުންކުރި އެންމެ ހަނގު ޓީމަށްވާއިރު، އިންޓަރގެ ޓީމަކީ މިމުބާރާތުގެ މިސީޒަނުގެ އެންމެ މުސްކުޅި ސްކޮޑެވެ. ރޭގައި ފެނިގެންދިޔައީ ޑޫއޭ އަދި ޑެމްބެލޭ ގެ ހަލުވި ކުޅުމާއި، ހަކީމީ އަދި ނޫނޯ މެންޑެސް ފަދަ ހަލުވި ފުލްބެކުންގެ ހަމަލާތަކުގެ އިތުރުން ވިޓިންހާ، ފަބިއަން ރުއިޒް އަދި ޖޯއާއޯ ނެވެސް މެދުފީލްޑް ކޮންޓްރޯލް ކުރުމުގައި ދައްކާފައިވާ ހުނަރުވެރި ކުޅުމެވެ.
ޖެނުއަރީގައި ސޮއިކުރި ކްވަރަޓްސްހެލިއާވެސް ރޭގެ މެޗުގައި ފާހަގަކޮށްލެވޭ މޮޅުކުޅުމެއް ކުޅެފައިވާއިރު، ރޭގައި އެންމެ ފާހަގަ ކޮށްލެވެނީ އެންމެ 19 އަހަރުގެ ޑޫއޭއެވެ. އޭނާވަނީ ރޭގެ މެޗުގައި ދެ ގޯލާއި އެއް އެސިސްޓު ހަދައި ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. އެނގިފައިވާގޮތުން މިއަހަރުގެ ގޯލްޑަން ބޯލް އެވޯޑް ލިބުންވެސް އެންމެ ގާތީ އޭނާއަށެވެ. އަކީ ޓީމަށް ލިބުނު މުހިންމު އިތުރު ބާރެކެވެ. ޑުއޭ ވަނީ މިސީޒަނުގައި ޕީއެސްޖީގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކޮށް މިސީޒަނުގައި މޮޅުކުޅުމެއް ކުޅެފައެވެ.
މީގެ އިތުރުން ރޭގައި ދެ އެސިސްޓުހެދީ އުސްމާން ޑެންބެލޭ އަށާް މިސީޒަނުގެ މޮޅުކުޅުންތެރިޔާއަށް ލިބޭ ބެލަންޑިއޯ ލިބުން ގާތެވެ. އެގޮތުން އޭނާ ވަނީ މިސީޒަނުގައި ޕީއެސްޖީ ހަތަރު ތަށި ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އޭނާ ވަނީ މިސީޒަނުގައި 33 ގޯލާއެކު 15 އެސިސްޓު ހަދައި ފްރެންޗް ކަޕާއި، ސުޕަރ ކަޕާއި، ފްރެންޗު ލީގުގެ އިތުރުން ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުން ޕީއެސްޖީއިން ފެނިގެންދިޔައީ ފުޓްބޯޅައިގައި ވަކިވަކި ތަރިންނަށް ބަރޯސާވުމުގެ ބަދަލުގައި ޓީމް ވަރކް އަދި ޒުވާންކުޅުންތެރިންނާއެކު ދުރުރާސްތާ ޕްލޭނާއެކު ޓީމު އެކުލަވާލައިގެން ކާމިޔާބީ ލިބިދާނެކަމެވެ. ނޭމާ، މެސީ އަދި އެމްބާޕޭ ފަދަ ތަރިން ތިބެގެން ޔޫރަޕުގައި ނުހޯޮދުނު ކާމިޔާބީ މި ޒުވާން ސްކޮޑުން ވަނީ އެކަން ހާސިލުކޮށްދީފައެވެ.
އިތުރު ލިޔުންތައް

އިންޓަރ މިލާން އިން މެންޗެސްޓަރ ސިޓީ މޮޅުވިޔަ ނުދިން
9 މަސް ކުރިން
ޔުއޭފާ ޗެމްޕިއަންސް ލީގު: ދުނިޔޭގެ އެންމެ ކާމިޔާބު ދެ ކުލަބުގެ ކުރިމަތިލުން މިރޭ
7 މަސް ކުރިން
އަންނައަހަރަކީ އަހަރެމެންގެ ފަހަރު. އާރސެނަލްގެ ނިމުމެއްނެތް ހުވަފެން
7 މަސް ކުރިން