logo
Bank of Maldives

Bank of Maldives

ޚަބަރު

ބެކަޕް ކަރަންޓްގެ އެހީގައި ބަލި މީހުންނަށް ފަރުވާދިނުމަށް ބުރުލެއް ނާރާ

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖޫން 2025 - 09:32
ބެކަޕް ކަރަންޓްގެ އެހީގައި ބަލި މީހުންނަށް ފަރުވާދިނުމަށް ބުރުލެއް ނާރާ

މާލޭ ސިޓީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން މިއަދު ކަރަންޓު ކެނޑުނު ނަމަވެސް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ނާޒުކު ސަރަހައްދުތަކަށް ބެކަޕް ކަރަންޓު ފޯރުކޮށްދެވި، ބަލިމީހުންނަށް ފަރުވާދިނުމަށް އެއްވެސް ބުރުލެއް ނާރާކަމަށް އެ ގްރޫޕުން ބުނެފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހިމެނޭ 4 ހޮސްޕިޓަލާއި، އެމްބީއެސްގެ ތެރެއިން ވިލިމާލެ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ތަނަކުން ކަރަންޓު ކެނޑުނު ނަމަވެސް، ބެކަޕް ޕަވަރ ސިސްޓަމްތަކުގެ އެހީގައި ހުރިހާ ކްރިޓިކަލް އޭރިއާތަކަށް ބޭނުންވާ ކަރަންޓު ވަނީ ފޯރުކޮށްދެވިފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

'' މިކަމުގެ ސަބަބުން ބަލިމީހުންނަށް ދެވޭ ފަރުވާއަށް އެއްވެސް ބުރުލެއް ނާރާ'' އެ ގްރޫޕުން ބުނެފަވެއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ އަލުން ކަރަންޓު ލިބިފައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލާއި އެމްބީއެސް މިވަގުތު ހިންގަމުން ދަނީ ބެކަޕް ޕަވަރ ސިސްޓަމުން ދޭ ކަރަންޓުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލިމީހުންނަށް ހިދުމަތް ދިނުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭންޖެހޭ: ހަލީމްޚަބަރު | 4 މަސް ކުރިންއެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 5 މަސް ކުރިންމިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޑަޔަލަސިސް ހެދުމަށް ކިޔޫގައި ޖެހޭކަށް ނުޖެހޭނެ: ރައްޒާގުޚަބަރު | 6 މަސް ކުރިންބެކަޕް ކަރަންޓްގެ އެހީގައި ބަލި މީހުންނަށް ފަރުވާދިނުމަށް ބުރުލެއް ނާރާޚަބަރު | 8 މަސް ކުރިން