logo
ޚަބަރު

3 ރުފިޔާގެ ރޭޓުން 900 ހަނޑޫ ގުޅަ ހަދައިދޭނެ މީހަކު މާފަރު ކައުންސިލުން ހޯދަނީ

އަޙްމަދު ޒަލީފް
1 ޖޫން 2025 - 10:31
3 ރުފިޔާގެ ރޭޓުން 900 ހަނޑޫ ގުޅަ ހަދައިދޭނެ މީހަކު މާފަރު ކައުންސިލުން ހޯދަނީ

900 ހަނޑޫގުޅަ ހިމެނޭހެން ޢީދު ސަޔަށް ބޭނުންވާ ހެދިކާ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން މާފަރު ކައުންސިލުން އިޢުލާންކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ މި އިޢުލާންގައި ބުނެފައިވާ ގޮތުން، މި ކަމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ކަމަށާއި އެމީހަކު ތައްޔާރު ކުރަން ޖެހޭނީ ގުރުއަތުން ހޮވޭ އައިޓަމްއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_7216.jpeg

ކައުންސިލުން ކޮށްފައިވާ އޢުލާން

މިކަމަށް ކުރިމަތިލާން އެދޭ ފަރާތްތުން 2 ޖޫންގެ 14:00 ގެ ކުރިން ނަންނޯޓު ކުރުމަށް ވަނީ އެދިފައެވެ.

މާފަރުގައި ޢީދު ފާހަގަ ކުރަން ތައްޔާރުވަމުން އަންނައިރު، މިފަހަރުގެ އަޞްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، އިސްރާޢީލް ވެރިރަށް ޓެލްއަވީވް ގައި ހުންނަ އެ ސީޓީގެ އެންމެ އުސް ޓަވަރަށް ޑްރޯން ޙަމަލާއެއް ދޭ މަންޒަރު ދައްކާލުމަށްޓަކައި މާފަރު ރައްޔިތުން އަންނަނީ ތައްޔާރުވަމުންނެވެ.

މިއީ ޔަމަނުގެ ހޫޘީން އިސްވެއޮވެ ދޭން އުޅޭ ޙަމަލާއެއް ކަމަށާއި މިފަހަރުގެ ޢީދުގައި އެ މަންޒަރު މާފަރު ރައްޔިތުންނަށް ދައްކާލުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަކަމަށް މިކަން ރާވާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތަކުން މި ނޫހަށް ވަނީ މަޢުލޫމާތު ދީފައެވެ.

ނ.މާފަރުގައި މިފަހަރުގެ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން ފާހަގަކުރި ބައެއް ޢީދު ތަކުގައި ވަނީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޙަމަލާއެއްވެސް ދައްކާލާފައެވެ.

ޢީދުގެ އެންމެހާ ހަރަކާތްތައް ރާވާ އިންތިޒާމު ކުރާ ކޮމެޓީއިން މަޢުލޫމާތު ދޭ ގޮތުގައި މިފަހަރު ޢީދުގައިވެސް ތަފާތު ގިނަ ހަރަކާތްތަކެއް ފެންނާނެއެވެ. އަދި މި ކުޅިވަރުތައް ބަލާލުމަށް ވީހާވެސް ގިނަ މީހުން މާފަރަށް ޒިޔާރަތް ކުރުމަށް ދަޢުވަތުދޭ ކަމަށްވެސް އިންތިޒާމު ކޮމެޓީން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރުން ގެވަޅު ދޫކުރަން ކުރި އިޢުލާން ދެވަނަ ފަހަރަށް ބާތިލްކޮށްފި ޚަބަރު | 4 ދުވަސް ކުރިންމާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއްޚަބަރު | މަހެއް ކުރިންތިއްތި ފެނަކަ ވަޒީފާއަށް، މައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަޚަބަރު | 2 މަސް ކުރިންއުއްމީދެއްގައި ހޭދަކުރި 10 އަހަރަަށް ނިމުން؛ ރައީސް އެންގެވީ ތިިއްތި އަށް ވަޒީފާ ހަމަޖެއްސުމަށްޚަބަރު | 2 މަސް ކުރިން