logo
Bank of Maldives

Bank of Maldives

ޚަބަރު

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގަންނަވަނީ

އާމިނަތު ޝަފާ
1 ޖޫން 2025 - 15:23
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު  ރާއްޖެ ވަޑައިގަންނަވަނީ

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު، ރިޗާޑް މާލްސް، ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

2 ޖޫންއިން ފެށިގެން 5 ޖޫންގެ ނިޔަލަށް ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ކުރައްވާ މި ދަތުރުފުޅުގައި ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިއާ އަދި އިންޑޮނޭޝިއާގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅަކީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ޑިޕްލޮމެޓިކް އަދި ދިފާޢީ ގުޅުންތައް ބަދަހިކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ދިވެހިރާއްޖެ އަދި ސްރީލަންކާއަށް ކުރައްވާ ޒިޔާރަތުގައި، ދެ ޤައުމުގެ މިނިވަންކަމާއި ޤާބިލިއްޔަތު ތަރައްޤީކުރުމަށް އޮސްޓްރޭލިއާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑޯ-ޕެސިފިކް ސަރަޙައްދުގެ އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް އޮސްޓްރޭލިއާއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުން އަންނަކަމަށާއި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކޮށް، ސުލްހަވެރި، ރައްކާތެރި، ސަރަޙައްދެއް ގާއިމުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ބޮޑުވަޒީރުގެ ނައިބު ވަނީ ވިދާޅުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާގެ މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް ރާއްޖޭގައި ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންއޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 8 މަސް ކުރިން